ދުނިޔެ

ޕާކިސްތާނުގައި ސީޕީއީސީއާ ދެކޮޅަށް ބޮޑެތި ނުރުހުންތަކެއް އުފެދިފައިވާ ކަމުގެ އިޝާރާތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދި ފަހުން ޕާކިސްތާނުގައި ތިބި ޗައިނާ ސިފައިންނާއި ޗައިނާގެ ފެސިލިޓީތަކަށް ދިން ދެ ހަމަލާއިން ދޭހަވަނީ ބެއިޖިން އާއި އިސްލާމްއާބާދުގެ ވެރިކަން ކުރާ އިއްޒަތްތެރިން އެމީހުންނަށް ބާރު އަޅަމުންދާ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އާ މެދު ޕާކިސްތާނުގެ އާންމު ރައްޔިތުންގެ ނުރުހުން އޮތް މިންވަރެވެ.

Ads by Sosun Fihaara

މިފަދަ ސިލްސިލާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ޗައިނާގެ ފަސް މަސައްކަތްތެރިން މަރުވެފައިވަނީ (މާޗް 26) ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ދާސޫ ހައިޑްރޯ އިލެކްޓްރިކް ޑޭމްގައި އިސްލާމްއާބާދުން އެމީހުންގެ ކޭމްޕަށް ދަތުރުކުރަމުން ދިޔަ ބަހެއްގައި ބަނގުރާ އަޅާފައި ހުރި ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. ބޮން ގޮއްވާލުމުގައި ވެހިކަލް ދުއްވަން އިން ޕާކިސްތާން ޑްރައިވަރު ވެސް ވަނީ މަރުވެފަ އެވެ.

މީގެ ކުރިން ވެސް ހަނގުރާމަވެރިން ވަނީ ޕާކިސްތާނުގެ ނޭވަލް ސްޓޭޝަން ޕީއެންއެސް ސިއްދީގަށް (މާޗް 25) ހަމަލާއެއް ދީފަ އެވެ، އޭގެ މައިގަނޑު އެއް މަސައްކަތަކީ ޕާކިސްތާނުގެ ފްލެގްޝިޕް ބީއާރުއައި ޕްރޮޖެކްޓް ކަމަށްވާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ތުރުބަތުގައި ހުންނަ ނޭވަލް އެއާ ބޭސްގައި ޗައިނާގެ ޑްރޯންތައް ބަހައްޓާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބަލޫޗް ލިބަރޭޝަން އާމީއިން މި ހަމަލާ ދިނީ ނޭވަލް އެއާ ބޭސްއަށް ކަމަށް ބެލެވޭއިރު، ޚައިބަރު ޕަޚްތޫންޚުވާގައި ޗައިނާގެ މަސައްކަތްތެރިންނަށް ދިން ނުރައްކާތެރި ހަމަލާއަކީ ތަހްރީކޭ ތާލިބާން ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. މި ހަމަލާތަކުގައި ތަފާތު ހަނގުރާމަވެރި ޖަމާއަތްތަކުގެ ބައިވެރިވުން ދައްކުވައިދެނީ ޗައިނާއިން ސްޕޮންސާކުރާ ބީއާރުއައި ޕްރޮޖެކްޓްތަކާ ދެކޮޅަށް ޕާކިސްތާނުގައި ބޮޑު ނުރުހުމެއް އުފެދިފައިވާ ކަމެވެ.

މީގެ ކުރިން މާޗް މަހުގެ 20 ވަނަ ދުވަހު ޗައިނާއިން ކަނޑުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރަން ރާވަމުން އަންނަ ބަލޫޗިސްތާން ޕްރޮވިންސްގެ ގްވާދާރު ބަނދަރަށް ދިން ރަމްޒީ ހަމަލާއެއްގައި ބީއެލްއޭގެ ހަތިޔާރު އެޅި ހަނގުރާމަވެރިން ވަނީ އެ ކޮމްޕްލެކްސްއަށް ވަދެ، ބަޑީގެ ހަމަލާތަކެއް ދީ، ގިނަ ބޮންތަކެއް ގޮއްވާލައިފަ އެވެ. ޗައިނާ އާއި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ގްވާދާރު ބަނދަރަކީ ސީޕީއީސީގެ ތާޖު އެޅުމުގެ ޝަރަފުގެ ގޮތުގައި އަންދާޒާކޮށްފައިވާ ބަނދަރެކެވެ. ނަމަވެސް މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަޙައްދަށް ޗައިނާއަށް ލުއި ފަސޭހަ ގޮތްތަކެއް ލިބިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!