ޚަބަރު

އާސަހަރާގެ މަސައްކަތް ކުރާނެ ބަޔަކު ނުވި، އަނެއްކާވެސް އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ- ފޮޓޯ: ރާއްޖެ އެމްވީ

މާލޭ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވެގެން އަނެއްކާވެސް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

Ads by STELCO

އާ ސަހަރާގެ ފުލް ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ކުރިން ވެސް އިއުލާނުކުރިއެވެ. އެކަމަކު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވެގެން އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ދަންނަވާފައެވެ.

މައުލޫމާތު ސާފު ކުރުން އޮތީ 25 ޖެނުއަރީ 2024 ގައި މާލޭ ސިޓީ ކައުންސިލުގައެވެ. އަގު ހުށަހެޅުން އޮތީ 31 ޖެނުއަރީގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަގު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެއެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!