ރަޝިޔާއިން ތެޔޮ ގަންނަ މިންވަރު މަދުކުރަން އެމެރިކާއިން އިންޑިއާއަށް އަންގާފައެއް ނުވޭ: އެމެރިކާގެ އޮފިޝަލް
އެމެރިކާއިން ރަޝިޔާގެ ތެޔޮ އިމްޕޯޓް ކުރުމަށް އިންޑިއާއަށް އަންގާފައި ނުވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކީ މޮސްކޯގެ އާމްދަނީއަށް ބުރޫއަރާއިރު ދުނިޔޭގެ ތެޔޮ ފީފާއެއްގެ އަގު ހަމައަކަށް އެޅުން ކަމަށް އެމެރިކާގެ ޓްރެޝަރީ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، ގަންނަ ތަކެތި ގަތުން ހުއްޓާލި ފަހުން ރަޝިއާގެ ކަނޑުން ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަކީ އިންޑިއާ އެވެ.
"ތެލުގެ ސަޕްލައި ބާޒާރުގައި ބެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް. އެކަމަކު އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމަކީ އެކަމުން ޕޫޓިންއަށް ލިބޭ ފައިދާ ލިމިޓް ކުރުން،" އެމެރިކާގެ ޓްރެޝަރީ އެސިސްޓެންޓް ސެކްރެޓަރީ ފޯ އިކޮނޮމިކް ޕޮލިސީގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ އެރިކް ވެން ނޮސްޓްރޭންޑް، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް އިޝާރާތް ކުރައްވައި ނިއު ދިއްލީގައި ވިދާޅުވި އެވެ.
ވެން ނޮސްޓްރާންޑް ވިދާޅުވީ އިންޝުއަރެންސާއި ބްރޯކިން ފަދަ ހުޅަނގުގެ ހިދުމަތްތައް ބޭނުން ނުކުރާނަމަ، ޕްރައިސް ކެޕް މެކޭނިޒަމްގެ ބޭރުން ރަޝިއާގެ ތެޔޮ ގަންނަ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއްގައި ރަޝިއާގެ ތެޔޮ ގަނެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މޮސްކޯގެ ވިއްކުމުގެ މަގުތައް ހަނިވެގެންދާނެ ކަމަށެވެ.
"އެމީހުން [ރަޝިއާ] ތެޔޮ ވިއްކަން ޖެހެނީ މަދުން،" އޭނާ ވިދާޅުވި އެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ރަޝިއާއަށް ލިބެން ހުރި އޮޕްޝަންތައް ތިން އޮޕްޝަނަކަށް ލިމިޓް ކުރުން ކަމަށާއި އެއީ އަގުގެ ދަށުން ތެޔޮ ވިއްކުމާއި، ހުޅަނގުގެ ހިދުމަތްތަކަށް ހުރަސް އަޅައިފި ނަމަ ގަންނަ ފަރާތްތަކަށް އިތުރު ޑިސްކައުންޓެއް ދިނުމާއި، ނުވަތަ ތެޔޮ ވަޅުތައް ބަންދުކުރުން ކަމަށް ވެން ނޮސްޓްރާންޑް ވިދާޅުވި އެވެ.
ގުރޫޕް އޮފް ސެވަން (ޖީ7) ގެ މުއްސަނދި ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން އަދި އޮސްޓްރޭލިއާ އިން ކަނޑައަޅާފައިވާ އަގުގެ ކެޕްގައި އިންޝުއަރެންސް ފަދަ ހުޅަނގުގެ މެރިޓައިމް ހިދުމަތްތައް ބޭނުންކުރުން މަނާކޮށްފައިވާއިރު، ޓޭންކަރުތަކުން ރަޝިއާގެ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް ނުވަތަ އެއަށް ވުރެ މަތީ އަގެއްގައި އުފުލާއިރު ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާގެ ޓްރެޜަރީގެ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ ފޮރ ޓެރަރިޒަމް ފައިނޭންސިންގ އެނާ މޮރިސް ވިދާޅުވީ މާކެޓްގެ ހާލަތަށް ނުވަތަ އެހެނިހެން ކަންކަމަށް ބެލުމަށްފަހު ޖީ7 ޤައުމުތަކަށް އަގުކަނޑައެޅުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.