ޚަބަރު

ކޮވިޑް19: ކެބްއެމްވީގެ ޑުރައިވަރުންނަށް ލުޔެއް ، ދަތުރުކުރާ މީހުންގެ ރައްކާތެެރިކަމަށް ފިޔަވަޅެއް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ޓެކްސީގެ ޚިދުމަތްދޭ ސެންޓަރެއް ކަމަށްވާ ކެބްއެމްވީގެ ޓެކްސީ ޑުރައިވަރުންގެ ފީއިން 50 އިންސައްތަ ކަނޑާލައި ، އެ ސެންޓަރުގެ ކާރުތައް ދުވާލަކު އެއްފަހަރު ސުޕްރޭކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by STELCO

ކެބްއެމްވީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑުރައިވަރުންނަަށް ލުއިދޭން ނިންމީ ކޮވިޑް19 އާއި ގުޅިގެން ކާރު ދަތުރުތައް ވެސް ވަރަށް ބޮޑަށް މަދުވުމާއި ގުޅިގެން ކަމަށެވެ.

"މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ ދަނޑިވަޅުގައި ރާއްޖޭގައި މިބަލި ފެތުރެމުންދާތީ އެކަމުގެ އަސަރު ޓެކްސީ ޚިދުމަތަށް ކޮށް ދަތުރުތައް މަދުވެފައިވާތީ ، މި ސެންޓަރުގެ ޓެކްސީ ޑްރައިވަރުންގެ ފީގެ 50 އިންސައްތަ ކަނޑައިލުމަށް ވަނީ ނިންމާފައެވެ." ކެބްއެމްވީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ކެބްއެމްވީ އިން ބުނީ އެސެންޓަރުގެ ހުރިހާ ކާރުތަކެއް ވެސް ޑިސްއިންފެކްޓް ކުރުމަށް ކޮންމެ ދުވަހަކު އެއްފަހަރު ސުޕްރޭ ކުރާނެ ކަމަށާއި އެ ސެންޓަރުގެ ވެހިކަލެއް ނޫން ނަމަވެސް ޑިސްއިންފެކްޓްކުރުމުގައި ދަތިވާނަމަ އެކަމުގައި އެހީތެރިކަން ދޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!