ޚަބަރު

މި މަހުގެ މިހާތަނަށް 20،000 ބަސްތާ ފިޔާ ރާއްޖެ އެތެރެކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފިޔާ ބަސްތާތަކެއް، - ފޮޓޯ: އަވަސް

މި މަހުގެ މިހާތަނަށް ރާއްޖެއަށް 20،728 ފިޔާ ބަސްތާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އެމްޕީއެލްގެ ޑެއިލީ ރިޕޯޓުން ދައްކާގޮތުން، މިއަދު 1080 ބަސްތާގެ ފިޔާ ކްލިއާ ކޮށްފައިވެއެވެ. އަދި އިއްޔެ އެކަނިވެސް 6680 ބަސްތާ ކްލިއާ ކޮށްފައިވެއެވެ. ބުދަ ދުވަހު ކްލިއާ ކޮށްފައިވަނީ 1120 ބަސްތާއެވެ. އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު 6080 ބަސްތާއެވެ. ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަސްތާ ކްލިއާ ކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އެއީ 6740 ބަސްތާގެ ފިޔާއެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 952 ކޮންޓެއިނަރުގެ މޭވާ އާއި ތަރުކާރީ ކްލިއާ ކޮށްފައެވެ.  އޭގެތެރޭގައި 20 ފޫޓުގެ 64 ކޮންޓެއިނަރާއި، 40 ފޫޓުގެ 18 ކޮންޓެއިނަރު ހިމެނެއެވެ.

އެ ކޮންޓެއިނަރުތަކުގެ ތެރޭގައި ފިޔަލާއި، ކެބެޖާއި، ކެރެޓް އަދި ކިއުކަންބާ ހިމެނެއެވެ. މީގެއިތުރުން، ދޮންކޭލާއި، އަލުވި، ބަރަބޯ އަދި ބިސް ވެސް ރާއްޖެ އެތެރެެ ކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ ދުވަސްވަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!