ދުނިޔެ

އިންޑިއާ ކަނޑުގެ ހިމާޔަތުގައި އެ ޤައުމުގެ އަސްކަރިއްޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ ކަނޑުގެ މަގުތަކުން ޝިޕިން އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވެފައިވަނީ އިޒްރޭލާއި ހަމާސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކަނޑުގެ ސަރަހައްދަށް، ހާއްސަކޮށް ރަތް ކަނޑުގައި ފެތުރުމުގެ ސަބަބުންނެވެ. މި ހަމަލާތަކުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ގެއްލި ފަޅުވެރިންގެ ފުރާނަ އަށް ވަނީ ނުރައްކާވެފަ އެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި، ޔަމަނުގެ ކައިރީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުތައް މިހާރު މާ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި، އެ އުޅަނދުތަކަކީ ކަނޑުފޭރޭ މީހުންނަށް ފަސޭހަ ޓާގެޓްތަކެއް ކަމަށެވެ.

Ads by Sosun Fihaara

ހަމަލާތައް އިތުރުވުމުގެ ސަބަބުން ގައުމުތަކުގެ މެރިޓައިމް ސަޕްލައި ލައިންތައް ކުރިއަށްވުރެ ބޮޑަށް ރައްކާތެރިކުރުމަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ. މި ހާލަތުގައި އިންޑިއާ ކަނޑުގެ އަސްކަރިއްޔާ އަކީ ދިފާއީ ފުރަތަމަ ސަފުގެ ގޮތުގައި އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ގެ އިތުރުން އެހެން ގައުމުތަކަށް ވެސް އަމަލީ ގޮތުން ހިމާޔަތްކުރާ އިތުބާރު ކުރެވޭ ސެކިއުރިޓީ ޕާޓްނަރެއްގެ ގޮތުގައި ވަނީ އުފެދިފަ އެވެ.

ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެގައުމުން ކުރި ކާމިޔާބު އިންޓަވެންޝަންތަކުން ހެކިދެނީ، ދުނިޔޭގެ މެރިޓައިމް ސެކިއުރިޓީ އާކިޓެކްޗަރގައި އިތުރު ޒިންމާތަކެއް އުފުލަން އިންޑިއާއިން ބޭނުންވާކަން އެކަންޏެއް ނޫނެވެ.

މިދެންނެވި މައްސަލައަކީ ޢަރަބި ކަނޑުގައި އިންޑިޔާގެ ކަނޑުގެ ސިފައިން ހިންގި ރެސްކިއު އޮޕަރޭޝަންތަކުގެ ދިގު ލިސްޓަށް އިތުރުކުރި މައްސަލައެކެވެ. އަނެއް މައްސަލައަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރަބި ކަނޑުގައި ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކްކުރި މޯލްޓާގެ މުދާ އުފުލާ އުޅަނދެއް ކަމަށްވާ އެމްވީ ރުއެން ސަލާމަތް ކުރުމަށް އިންޑިއާގެ ކަނޑުގެ ސިފައިން ނުކުތެވެ. ފަޅުވެރިން ޑިސްޓްރެސް ކޯލެއް ފޮނުވުމާއެކު އިންޑިއާގެ ނޭވީން ވަނީ ދޯނި ޓްރެކް ކުރަން ފަށައިފަ އެވެ. ކަނޑުފޭރޭ މީހުން އެންމެ ފުރަތަމަ މުޅި ފަޅުވެރިން ހިފަހައްޓާފައި ވީ ނަމަވެސް ފަހުން ޒަހަމްވި ބަލްގޭރިއާގެ ފަޅުވެރިއަކު އިންޑިއާ ނޭވީއަށް ދޫކޮށްލި އެވެ. އެއަށްފަހު ބާކީ ތިބި ފަޅުވެރިންނާއެކު އެމީހުން ބޯޓު ދަތުރުކުރީ ސޯމާލިއާގެ ސެމީ އޮޓޮނޮމިސް ސްޓޭޓެއް ކަމަށްވާ ޕަންޓްލޭންޑަށެވެ. 2024 ވަނަ އަހަރުގެ މާޗް މަހު އެ ބޯޓު ސޯމާލިއާގެ އައްސޭރިފަށުގައި އޮތުމާ އެކު އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ އެ ބޯޓު ހުއްޓުވަން ހަނގުރާމަމަތީ އުޅަނދު އައިއެންއެސް ކަލްކަތާ ފޮނުވައިފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ފަހަތަށް ޖެހުމަށްފަހު އައިއެންއެސް ކަލްކަތާއިން ވަނީ 16 މާޗް 2024 ގައި އިންޑިއާގެ އައްސޭރިފަށާ ގާތްގަނޑަކަށް 2600 ކިލޯމީޓަރު ދުރުގައި ހައިޖެކްކުރި ބޯޓު ކަނޑާލާފައެވެ. 40 ގަޑިއިރުވަންދެން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ސްޓްރެޓެޖިކް ހަރަކާތެއް މެދުވެރިކޮށް މަޖުބޫރުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!