ދުނިޔެ

2024-25 ވަނަ އަހަރު އިންޑިޔާގެ ޞިއްޙީ ދާއިރާއިން 12.59 އިންސައްތައިގެ ކުރިއެރުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނިއު ދިއްލީ (އޭޕްރީލް 7) - އުމްރާނީ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނައުމުގެ ސަބަބުން އިންޑިއާގެ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ޔޫނިއަން ހެލްތް މިނިސްޓްރީން 2024-2025 ވަނަ އަހަރަށް ލަފާކުރާ އިންތިގާލީ ބަޖެޓުގައި 90،658.63 ކްރޯޑް ރުޕީސް ހިމަނާފައިވާއިރު، މިއީ 12.59 އިންސައްތަ އިގެ ކުރިއެރުމެކެވެ.

Ads by Sosun Fihaara

ދުނިޔޭގެ ޞިއްޙަތު ދުވަސް މުޅި ދުނިޔޭގައި ފާހަގަކުރަމުންދާއިރު، އިންޑިޔާއިން އެޤައުމުގެ ޞިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފާހަގަކުރަމުންދާއިރު، އުމްރާނީ ތަރައްޤީއާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ލިބުމާއި، ޓްރާންސްފޯމޭޓިވް އިނީޝިއޭޓިވްސް ތަޢާރަފްކުރުމަށް އިންޑިއާއިން ދަނީ އިސްކަންދެމުންނެވެ.

2016 ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ޞިއްޙީ ޚިދުމަތުގެ ސިނާޢަތް ކުރިއަރަމުން އަންނައިރު، އެ ސިނާޢަތަކީ 22 އިންސައްތައިގެ ކޮމްޕައުންޑް އެނުއަލް ގްރޯތް ރޭޓް (ސީ.އޭ.ޖީ.އާރު) އެވެ.

ހޮސްޕިޓަލްތަކުގެ ބާޒާރުގެ އިތުރުން، އިންޑިއާގެ ސިއްހީ ދާއިރާގެ އެހެން ބައެއް ސެގްމަންޓްތަކަށް ވެސް ދަނީ ހަލުވި ކަމާއެކު ކުރިއެރުމާއި ފުޅާވަމުންނެވެ.

މިސާލަކަށް ޓެލެމެޑިސިން މާކެޓް 2025 ވަނަ އަހަރު 5.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ 31 ޕަސެންޓުގެ ހިތްގައިމު ސީއޭޖީއާރުގައި ކުރިއަރަމުން އަންނަ ބާޒާރެކެވެ. ހަމައެފަދައިން، ޞިއްޙީ ޚިދުމަތުގައި އޭއައި އެޕްލިކޭޝަންތައް 2024 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 45 އިންސައްތައިގެ ރޭޓުން ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޞިއްޙީ ޚިދުމަތުގެ ޙައްލުތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެކަމުގެ އިޝާރާތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!