ޚަބަރު

ޒަކާތުގެ ގޮތުގައި ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން މިއަދު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ޒަކާތުގެ ގޮތުގައި 9,279,383.00 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާލޭގައި ފިތުރު ޒަކާތުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ބަހަން ފަށާފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ މީހަކަށް ލިބެނީ 8،000 ރުފިޔާ ކަމަށާއި އެ ފައިސާ ޖަމާވާނީ ސީދާ އެ މީހެއްގެ އެކައުންޓަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެއެވެ.

ގޮވާމުގެ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތިވެސް ބެހުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށާފައެވެ. ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސް ހިސާބަށް ބަލާއިރު، އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!