ޕީއެންއެފް ޖަލްސާ ބާއްވަން ސަރުކާރުން ސޯޝަލް ސެންޓަރު ދޫކޮށްދީފި
ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަ ޖަލްސާ ބާއްވަން ސަރުކާރުން ސޯޝަލް ސެންޓަރު ހަމަޖައްސައިދީފިއެވެ.
މިރޭ ނުވައެއް ޖަހާއިރު ގިޔާސުއްދީން ސްކޫލުގައި ބާއްވަން އޮތް ޖަލްސާގެ ވަގުތު ކުޑަތަންވެފައި އޮއްވައި ފުލުހުން ވަނީ ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ހުރަސް އަޅާފައެވެ. ފުލުހުން ޖަލްސާއަށް ހުރަސްއެޅީ ހުއްދަ ނުނަގާ ކުރިއަށްގެންދާތީވެއެވެ. ފުލުހުން ބުނީ އެ ސްކޫލުގައި ޖަލްސާ ބާއްވަން ޕީއެންއެފަށް ދިން ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ޕީއެންއެފްއަށް އޮތީ އަންގާފައި ކަމަށެވެ.
ނަމަވެސް ވަކި ހިސާބަކުން ގާތްގަނޑަކަށް ޕާޓީގެ 400 އެއްހާ މެންބަރުން ވަނީ ސްކޫލު ހޯލަށް ވަދެފައެވެ. އެތަނުގައި ވަކި އިރެއްވަންދެން މަޑުކުރުމަށް ފަހު އިލެކްޝަން ކޮމިޝަންގެ މަންދޫބަށް ސްކޫލަށް ނުވަދެވުމުން އަނެއްކާވެސް ޖަލްސާ ނުފެށި އިރުތަކެއްވިއެވެ. އެހެންވެ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު ޖަމާލް ވިދާޅުވީ ޖަލްސާ ރާޅުގަނޑު ސަރަހައްދަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންވެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ސަރުކާރުން މިހާރު ވަނީ ޕީއެންއެފް ޖަލްސާ ބާއްވަން ސޯޝަލް ސެންޓަރު ދޫކޮށްފައެވެ.