ދުނިޔެ

އިންޑިއާގައި އެޕަލްގެ ޕްރޮފިޓް އިތުރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެޕަލް އިންކް (އޭއޭޕީއެލް. ބްލޫމްބާގް ނިއުސް އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޯ) އިން ވަނީ 2024 ވަނަ އަހަރު އިންޑިއާގައި 14 ބިލިއަން ޑޮލަރުގެ އައިފޯން އެސެމްބްލްކޮށްފަ އެވެ.
އެޕަލް އިން މިހާރު އެ ކުންފުނީގެ މާކީ ޑިވައިސްތަކުގެ ތެރެއިން 14 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 7 އިން 1 ޑިވައިސް އިންޑިއާ އިން ލިބޭ ކަމަށް އެ ކަމާ ބެހޭ މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެ އެވެ.

Ads by Sosun Fihaara

ބްލޫމްބާގްގެ ރިޕޯޓުގައި ބުނެފައި ވަނީ ފޮކްސްކޮން (2317.TW) އިން ގާތްގަނޑަކަށް 67 ޕަސެންޓް އެސެމްބްލްކޮށްފައިވާއިރު ޕެގަޓްރޮން ކޯޕަރޭޝަން (4938.TW) އިން އިންޑިއާގައި އުފައްދާ ފައިވާ އައިފޯނުތަކުގެ ގާތްގަނޑަކަށް 17 ޕަސެންޓް އުފައްދާފައިވާ ކަމަށެވެ. ޓާޓާ ގްރޫޕުން މިދިޔަ އަހަރު ހަވާލުވި އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގައި ހުންނަ ވިސްޓްރޯން ކޯޕް (3231.TW) ގެ ޕްލާންޓަކީ ބާކީ ހުރި ޕްލާންޓެވެ.

ދުނިޔޭގެ އެންމެ ބޮޑު އައިފޯން އުފައްދާ ހަބެއްގެ ގޮތުގައި ޗައިނާ އޮތް އިރު، ބެއިޖިން އާއި ވޮޝިންޓަންއާ ދެމެދު އުފެދިފައިވާ ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމުގެ ތެރޭގައި އެޕަލް އިން ދަނީ ޗައިނާ އިން ބޭރުން ސަޕްލައި ޗެއިން ޑައިވާސިފައި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރޮއިޓާސް އިން ބުނީ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓަމިލް ނާޑޫގެ ޗެންނާއީ ކައިރީގައި ހުންނަ ޕެގަޓްރޯން އިން އުފައްދާ ހަމައެކަނި އައިފޯން އުފައްދާ ފެސިލިޓީގެ ކޮންޓްރޯލް ޓާޓާ ގްރޫޕާ ހަވާލުކުރުމަށް އެޑްވާންސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ކޮންސިއުމާ ގުޑްސް ކޮންގްލޮމަރޭޓުން ޓެމިލް ނާޑޫގެ ހޯސޫރުގައި އިތުރު ޕްލާންޓެއް ވެސް ހަދަމުން އަންނައިރު، އެ ކުންފުނީގެ ޖޮއިންޓް ވެންޗާ ޕާޓްނަރަކަށް ޕެގަޓްރޯން އުފެދިގެން ދާނެ ކަމަށް ބެލެވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!