ދުނިޔެ

އެމެރިކާ އާއި ޖަޕާނާއެކު ބާއްވާ ސަމިޓްގައި ދެކުނު ޗައިނާ ކަނޑުގެ އެއްބާރުލުން ހިމަނާނެ ކަމަށް ފިލިޕީންސްގެ ރައީސް ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ އާއި ފިލިޕީންސް އަދި ޖަޕާނާ ދެމެދު ކުރިއަށް އޮތް ޓްރައިލެޓަރަލް ސަމިޓުގައި ދެކުނު ޗައިނާ ކަނޑުގެ ސަލާމަތާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމުގެ އެއްބަސްވުމެއް ހިމެނޭނެ ކަމަށް ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ މަޝްވަރާ ކުރެއްވުމަށް މާކޯސް ވޮޝިންޓަނަށް ފުރާވަޑައިގެންނެވީ ބުދަ ދުވަހުގެ މެންދުރުފަހުއެވެ.

ފިލިޕީންސްގެ ލީޑަރު މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަތަކުގައި އެއްބަސްވުމެއް އޮންނާނެ ކަމަށާއި ނަމަވެސް މި ސަމިޓަކީ މައިގަނޑު ގޮތެއްގައި ތިން ބައިވެރިންގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ ސަމިޓެއް ކަމަށެވެ.

"މި ޓްރައިލެޓަރަލް އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންނަށް ކުރިއެރުން ހޯދުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަމަ ޔަގީނުން ވެސް ދެކުނު ޗައިނާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުން،" ވޮޝިންޓަނަށް ފުރާވަޑައިގަތުމުގެ ކުރިން މާކޯސް ދެއްވި ވަކިން ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

މާކޯސް ވިދާޅުވީ ޖަޕާނާއި އެމެރިކާއާ އެކު އިންފްރާސްޓްރަކްޗާ، ސެމިކޮންޑަކްޓާސް، ސައިބާ ސެކިއުރިޓީ، ކްރިޓިކަލް މިނަރަލްސް، އިއާދަކުރަނިވި ހަކަތަ އަދި ދިފާއީ އަދި މެރިޓައިމް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމަކީ އަމާޒެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!