ވިލިމާލޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ވިލިމާލެ ޖޯއްޔެއްގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
މަރުވެފައިވަނީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާއަކީ ވިލިމާލެ ކުންފުންޏެއްގެ ސެކިއުރިޓީ މަސައްކަތް ކުރަމުން އައި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނެފައިވަނީ، މީހަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު 6:13 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބެލި ބެލުމުން މަރުވެފައިވާ މީހާގެ ހަށިގަނޑުން ޝައްކު ކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
Ads by Allied Insurance