ދުނިޔެ

ޖަޕާނާއި ފިލިޕީންސާއެކު އެމެރިކާއިން ބާއްވާ ބައްދަލުވުންތަކަކީ ނުރައްކަލެއްގެ ގޮތުގައި ޗައިނާއިން ދެކެންޖެހޭ ސަބަބެއް އެމެރިކާއިން ނުދެކޭ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޖަޕާނާއި ފިލިޕީންސާއެކު މި ހަފުތާގައި އެމެރިކާގެ ސަމިޓެއް ބޭއްވުމަކީ ނުރައްކަލެއްގެ ގޮތުގައި ޗައިނާއިން ދެކެން ޖެހޭ ސަބަބެއް ނެތް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

Ads by Sosun Fihaara

ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ މިހެން ވިދާޅުވީ ޖަޕާނާއި ފިލިޕީންސްގެ ލީޑަރުންނާ އެކު ރައީސް ޖޯ ބައިޑަން މި ހަފުތާގައި ބޭއްވެވި ސަމިޓް މަޝްވަރާތަކުން ފާޅުވާ ބައެއް ވާހަކަތަކާ ގުޅިގެން ޗައިނާއިން ޖަޕާނާއި ފިލިޕީންސްއަށް ޝަކުވާ ކުރުމުންނެވެ.

"މި ބައްދަލުވުންތަކަކީ އެހެން ގައުމެއްގެ ބައްދަލުވުންތަކެއް ނޫން. އެއީ މިހާރު އޮތް ކޯލިޝަންތަކާއި ޕާޓްނާޝިޕްތައް އިތުރަށް ހަރުދަނާކޮށް އާރާސްތުކޮށް އާ ބައެއް ޕާޓީތައް ހަރުދަނާ ކުރުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިރްބީ ވިދާޅުވި އެވެ.

"މިއީ އެއްވެސް ކަހަލަ ނުރައްކަލެއްގެ ގޮތުގައި ޕީއާރުސީން ބަލަން ޖެހޭ ސަބަބެއް ނެތް. މިއީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ދެޤައުމުގެ މެދުގައި އޮތް ގޮންޖެހުންތަކާއި، ދެޤައުމުގެ މެދުގައި އޮތް ފުރުޞަތުތަކާ ބެހޭގޮތުން ތިން ބައިވެރިންގެ މެދުގައި ދެކެވުނު ވާހަކައެއް،" ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!