ޢަލީ ރަމީޒު، ޔުމްނާ އަށް: މިއީ މިޔުޒިކާއި އެންމެހާ ފާފަތަކުން ދުރުވާންވީ ވަގުތު
މިވަގުތަކީ ﷲ ހަރާމް ކުރެއްވި މިޔުޒިކާއި އެންމެހައި ފާފަތަކުން ދުރުވާންވީ ވަގުތު ކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒުބުނެފިއެވެ.
އަލީ މިހެން ބުނެފައި މިވަނީ މި ވަގުތަކީ މިޔުޒިޝަނުންގެ ޖަމްއިއްޔާއެއް އޮތުމުގެ މުހިންމުކަން އިތުރަށް އިހްސާސް ކުރެވޭ ވަގުތެއް ކަމަށާއި މި ކަމަށް މަސައްކަތް ކުރެވިދާނެތޯ ސުވާލު ކުރައްވާ ހެރިޓޭޖް މިނިސްޓަރ ދުންޔާ މައުމޫން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
"ސިސްޓާ! މިވަގުތަކީ ﷲ ޙަރާމް ކުރެއްވި މިޔުޒިކު ފަދަ އެންމެހައި ކަންތަކުން ދުރުވެ ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ، ހެޔޮ މަގަށް އެނބުރެން ޖެހޭ ވަގުތު ، އަދި އަންހެން ކަނބަލުން ވެސް އައުރަ ނިވާކުރައްވާ ފުރިހަމަ މުސްލިމެއްގެ ގޮތުގައި އަޒުމް ކަނޑައަޅަންވީ ވަގުތު" ޖަމްއިއްޔަތުއްސަލަފްގެ އޮޕަރޭޝަންސްގައި ވެސް އިސްކޮށް ހަރަކާތްތެރިވާ އަލީ ޓްވީޓް ކޮށްފައިވެއެވެ.
Sister, mivaguthakee Allah haraam kurevvi music fadha enmehai kanthah thakun dhuruve, faafa fussevumah edhi dua koh, heyo magah enburen jehey vaguthu. Adhi anhen kanbalunves aura nivaa kurawwai, furihama muslimegge gothugai ulhumah azum kanda alhanvee vaguthu. https://t.co/ykTJUAkl0A
— علي رميز بن قاسم (@aliramyz) March 17, 2020
މިޔުޒިޝަނުންގެ ޖަމްއިއްޔާއެއް އުފެއްދެވުމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ ވިދާޅުވިއިރު ސަރުކާރުން ގެންދަވަނީ އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމުގެ ގޮތުން ހުރިހާ ބާވަތެއްގެ އެއްވުންތައް ހުއްޓާލުމަށް ބާރު އަޅުއްވަމުންނެވެ.