ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ބަދަލު ގެނައުމަށް އެމެރިކާ، ޖަޕާން، ފިލިޕީންސް ޓްރައިލެޓަރަލް އެއްބަސްވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިލިޕީންސް، އެމެރިކާ އަދި ޖަޕާނުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާއި ސަރަހައްދުގެ ޑައިނަމިކް ބަދަލުވެގެންދާނެ ކަމަށް ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"ޓްރައިލެޓަރަލް އެގްރީމެންޓަކީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށް އަޅުގަނޑަށް ހީވަނީ،" އެ ގައުމުތަކުގެ ފުރަތަމަ ޓްރައިލެޓަރަލް ސަމިޓުގައި ރައީސް ޖޯ ބައިޑަން އާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ބައްދަލު ކުރެއްވިތާ އެއް ދުވަސް ފަހުން ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާކޯސް ވިދާޅުވި އެވެ.

އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސްއަށް އިޝާރާތް ކުރައްވައި މާކޯސް ވިދާޅުވީ މިކަމުގެ ސަބަބުން މި ސަރަހައްދުގައި، އޭޝިއާގެ އާސިއާންގައި، ދެކުނު ޗައިނާ ކަނޑުގެ ވަށައިގެން ފެންނަ ޑައިނަމިކް، ޑައިނަމިކް އަށް ބަދަލު އަންނާނެ ކަމަށެވެ.

ޗައިނާ އާއި އެހެނިހެން ގައުމުތަކުގެ މެދުގައި ކަނޑުމަތީގެ އެކި މައްސަލަތަކާ އެކު އަހަރަކު ތިން ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ އުޅަނދުފަހަރުން ދަތުރުކުރާ ވިޔަފާރީގެ ވަސީލަތެއް ކަމަށްވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ގެންގުޅޭ ނުރައްކާތެރި އަދި ހަރުކަށި އަމަލުތަކާ މެދު ތިން ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނަމަވެސް މާކޯސް ވިދާޅުވީ މި ސަމިޓަކީ އެއްވެސް ގައުމަކާ ދެކޮޅަށް ބާއްވާ ސަމިޓެއް ނޫން ކަމަށާއި އެ ސަމިޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މެނީލާ، ވޮޝިންޓަން އަދި ޓޯކިޔޯގެ މެދުގައި އިގްތިސާދީ އަދި ސަލާމަތީ ގުޅުން ތައް ބަދަހިކުރުމަށް ކަމަށެވެ.

ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ކުރި ހުކުމެއްގައި ބެއިޖިންގެ ބޮޑެތި ވާހަކަތަކަށް ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ނިންމި ނަމަވެސް، ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް މުޅި ސަރަހައްދުގެ މައްޗަށް ދަޢުވާކޮށްފައެވެ.

ފިލިޕީންސް އާއި ޗައިނާގެ އުޅަނދުފަހަރަށް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެން ބަޑި ބޭނުންކުރުމާއި ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ.

ބެއިޖިންއިން ބުރާސްފަތި ދުވަހު ވަނީ މެނީލާއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީގެ އޮފިޝަލަކު ހާޒިރުކޮށް ޗައިނާއާ ދެކޮޅަށް އެގައުމުގެ ޚާރިޖީ ވުޒާރާއިން ސިފަކުރާ ނުރަނގަޅު ވާހަކަތަކާ ދެކޮޅު ހަދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!