ދުނިޔެ

އެމެރިކާއިން ބުނީ ޗައިނާއިން ރަޝިއާގެ ހަނގުރާމައަށް ދަރު އަޅަމުންދާ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ މަސައްކަތަށް ޗައިނާއިން ތާއީދުކުރަނީ ސޯވިއެޓް ޒަމާނުގެ ފަހުން މޮސްކޯއިން ކުރަމުން އަންނަ އެންމެ ބޮޑު އަސްކަރީ އުފެއްދުމަށް އެހީތެރިވެދީ، ޑްރޯން އަދި މިސައިލް ޓެކްނޮލޮޖީ އާއި ސެޓެލައިޓް ފޮޓޯ އާއި މެޝިން ޓޫލްސް ފޯރުކޮށްދީގެން ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ނަމަވެސް އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ބުނީ އެއްވެސް ފަރާތަކަށް ހަތިޔާރު ފޯރުކޮށްދީފައި ނުވާ ކަމަށާއި އެއީ ޔޫކްރެއިންގެ މައްސަލައިގެ ތެރޭގައި ހިމެނޭ ކުންފުންޏެއް ނުވަތަ ޕާޓީއެއް ނޫން ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލުން ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދި ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ފޯނުން ގުޅުއްވައި އެ މައްސަލަ އުފައްދަވާފައިވާ ކަމަށާއި މިއީ ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ބައިވެރިންނާ އެކު މަޝްވަރާ ކުރާ މައުޟޫއެއް ކަމަށެވެ.

އެއް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޗައިނާގެ މެޓީރިއަލްތަކުގެ ސަބަބުން ރަޝިއާގެ ދިފާއީ އުފެއްދުންތެރިކަމުގެ ސައިކަލްގައި ބޮޑެތި ފަރަގުތަކެއް އުފެދި، މޮސްކޯއިން "ސޯވިއެޓް ޒަމާނުން ފެށިގެން އެންމެ އުއްމީދީ ދިފާއީ ބާރު ފުޅާކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، މި ހަނގުރާމައިގެ ކުރީކޮޅު އަޅުގަނޑުމެން ނަށް ގަބޫލުކުރެވުނު ވަރަށް ވުރެ ހަލުވި ޓައިމްލައިނެއްގައި" މޮސްކޯއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!