ޕާކިސްތާނުގައި ބަޔަކު ވަގަށް ނަގަ މަރާލައިފި
އަފްޣާނިސްތާނާއި އީރާނާ ގުޅިފައިވާ ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ނުތަނަވަސް ޕްރޮވިންސެއްގައި ބަހަކުން ވަގަށް ނެގުމަށްފަހު ހަތިޔާރު އެޅި ބަޔަކު ބަޑިޖަހައި ނުވަ މީހަކު މަރާލައިފި އެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސަށް ހުކުރު ދުވަހުގެ ރޭ ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ ވަކިވެގަތް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީއިންނެވެ.
ރޮއިޓާސްގެ ރިޕޯޓަރަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ މަރުވި މީހުންނަކީ އިންޓެލިޖެންސްގެ މީހުން ކަމަށާއި، އެމީހުންނަކީ އީރާނަށް ދާ މަސައްކަތްތެރިން ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން އެކަން ދޮގުކުރާ ކަމަށެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އެ މީހުން މަރާލިކަން ކުށްވެރިކުރައްވާފައެވެ.
މިނަރަލް މުއްސަނދިކަން ލިބިފައިވާ މި ސަރަހައްދުގައި ވަކިވެގަތުމުގެ ނަސްލުގެ ބަލޫޗް ހަނގުރާމަވެރި ޖަމާއަތްތަކުން އެ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، އެ ޖަމާއަތްތަކުން ސަރަހައްދީ ވަސީލަތްތަކުގެ ހިއްސާ އެ މީހުންނަށް ނުދޭ ކަމަށް ބުނެ އެވެ.
ފުލުހުންގެ އޮފިސަރު އަބްދުالله މެންގަލް ވިދާޅުވީ އީރާނަށް ދަތުރުކުރި ބަހެއް ނޮޝްކީ ޑިސްޓްރިކްޓުން އެތައް ބަޔަކު ހުއްޓުވައި، އެ ނުވަ މީހުން ގޮވައިގެން ދިޔައީ އިރުމަތީ ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ބަހެއްކަން ކަނޑައެޅުމަށް ފަހު ކަމަށެވެ. އެ އެންމެން ވެސް ދަތުރުކުރަމުން ދިޔައީ ތަފްތާނަށް ކަމަށް އޭނާ ބުންޏެވެ.
އަދި އެ މީހުންނަށް ބަޑި ޖަހާފައި ވަނީ ވަރަށް ކައިރިން ކަމަށް އޭނާ ވިދާޅުވި އެވެ. ޑިސްޓްރިކްޓް ޑެޕިއުޓީ ކޮމިޝަނަރު ހަބީބުالله މުސްޚައިލް ވިދާޅުވީ އެ މީހުންގެ ހަށިގަނޑުތައް ފެނުނީ ދޮޅު ގަޑިއިރު ފަހުން ބްރިޖެއްގެ ދަށުގައި ކަމަށެވެ.
އަވަށްޓެރި ޗައިނާއިން ތަރައްގީ ކުރަމުން އަންނަ ޑީޕް ވޯޓާ ގްވާދާރު ކަނޑުގެ ބަނދަރު އޮންނަ އެ ސަރަހައްދުގައި އެފަދަ މީހުން މެރުމުގެ ޒިންމާ ހަނގުރާމަވެރިން މީގެ ކުރިން ވަނީ އުފުލާފަ އެވެ. އަދި ހަނގުރާމަވެރިން ވަނީ ޗައިނާގެ ރައްޔިތުންނަށާއި އެމީހުންގެ މަސްލަހަތަށް ވެސް އަމާޒުކޮށްފަ އެވެ.
ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ދަށުން 65 ބިލިއަން ޑޮލަރުގެ ވައުދުގެ ދަށުން ސަރަހައްދީ ތަރައްގީގެ މަޝްރޫއުތަކަށް ބެއިޖިން އިން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ.