އިންޑިއާއާއި އެމެރިކާގެ ގުޅުން ރަނގަޅުވަނީ
އިންޑިއާގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި އެމެރިކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެރިކް ގާސެޓީ ދާދި ފަހުން ވިދާޅުވީ މުސްތަގުބަލު ބަލަން ބޭނުންވާ ނަމަ އިންޑިއާއަށް އަންނަން ޖެހޭ ކަމަށެވެ.
އަދި އިންޑިއާގައި ހުންނަ އެމެރިކާގެ މިޝަންގެ ލީޑަރަކަށް ވުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ސަފީރު ގަބޫލުކުރެއްވި އެވެ.
މުސްތަގުބަލު ބަލަން ބޭނުންނަމަ އިންޑިއާއަށް އަންނާށެވެ. މުސްތަގުބަލު އިހުސާސް ކުރަން ބޭނުންނަމަ އިންޑިއާއަށް އަންނާށެވެ. މުސްތަގުބަލުގައި މަސައްކަތް ކުރަން ބޭނުންނަމަ އިންޑިއާއަށް އާދޭ،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) ޖޭކް ސުލިވަން މިހެން ވިދާޅުވެފައި މިވަނީ ޓެކްނޮލޮޖީ އާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އަލިއަޅުއްވާލައްވައި، އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އާ އުސްމިންތަކަކަށް ގޮސްފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
"ބްރިކްސް (ބްލޮކް) ގައި ހިމެނޭ ގައުމެއް ކަމަށްވާ އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ޕާޓްނާޝިޕް އާ އުސްމިންތަކަކަށް ގޮސްފައި މިވަނީ ޓެކްނޮލޮޖީ އާއި ސެކިއުރިޓީ އާއި އެހެނިހެން ގިނަ ދާއިރާތަކުން ގުޅުން ބަދަހިކޮށްގެން،" އެންއެސްއޭ ސުލިވަން ވިދާޅުވި އެވެ.
މި މުއްދަތުގެ ތެރޭގައި، ދެޤައުމުގެ ދެމެދުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަކީ، ބައިނަލްއަޤްވާމީ ސްޓްރެޓެޖިކް ޕާރޓްނަރޝިޕެއް ޤާއިމުކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު މަސައްކަތެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2023 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ ހަރުދަނާވާނެ ކަމުގެ އުއްމީދު ބޮޑުވެގެން ދިޔައެވެ.
ޑިފެންސް ޓެކްނޮލޮޖީ އާއި އިންޑަސްޓްރިއަލް ކޯޕަރޭޝަނަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މި ދަތުރުފުޅަކީ "ޕަވަރިން އަ ނެކްސްޓް ޖެނެރޭޝަން ޑިފެންސް ޕާޓްނާޝިޕް" ގެ ނަމުގައި ނެރެފައިވާ ޖޮއިންޓް ސްޓޭޓްމަންޓްގައި ދިފާއީ ދާއިރާއާ ބެހޭ ބައިގައި ފާހަގަކޮށްފައިވާ ދަތުރެކެވެ.