ޚަބަރު

އެމްޑީޕީން އެންޓި ކެމްޕޭނު ކުރާ މައްސަލަ އީސީއަށް ހުށަހަޅައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކޮންގްރެސް އިން ބޭއްވި ޕްރެސްގައި ތަރުޖަމާނު ހީނާ ވަލީދު

އަންނަ ހަފްތާގެ އާދިއްތާ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން އެންޓި-ކެމްޕޭނުކުރާ މައްސަލަ އެއް ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

Ads by STELCO

''މިއަދު އަޅުގަނޑުމެން ވާނީ މި މައްސަލަ އީސީއަށް ހުށަހަޅާފައި'' ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީސް އިންތިހާބަށް ކަނޑައަޅާފައިވާ ހީނާ ވަލީދު މިއަދު ބޭއްވި ޕްރެެސް ބްރީފިންގައި ވިދާޅުވިއެވެ.

އެ ޕްރެސް ބްރީފިންގައިވެސް ހީނާ ވަނީ ނިމިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 37 ޖަލްސާއެއްގައި މާރާމާރީ ހިންގާ މަޖިލީސް ތަޅުމުގައި އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެމެ ފެނިގެން ގޮސްފައިވަނީ ރައްޔިތުންނަށް މާ ބޮޑެތި ކަންތައްތައް ނުކުރެވި ދިޔަ ތަން ކަމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި އިސްލާމްދީނަށް ފުރުއްސާރަކޮށްފައިވާ ކަަމަށެވެ. އެ މައްސަލަތައް ބަލަން އޭރު އިދިކޮޅުގައި އޮތް ޕީއެންސީ/ޕީޕީއެމް އިން މަޖިލީހަށް ހުށަހެޅިމާ ބަލާފައިނުވާކަން ހިނާ ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ސަރުކާރުގައި ދީނީ ޖަމިއްޔާތަކާއި ދީނީ އިލްމުވެރިންނަށް ފިޔަވަޅު އެޅި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ނަމަވެސް އެއާ ހިލާފަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިސްލާމި ކަންތައްތަކަށް އިސްކަން ދެއްވާފައިވާކަން ފާހަގަކުރަމުން ހީނާ ވިދާޅުވީ، އެކަންތައްތަކާއި ގުޅޭ ގާނޫނު ފާސްކުރަން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިއްމު ކަމަށެވެ.

އެމަނިކުފާނު ތާއިދުކުރައްވާ ކެންޑިޑެޓުން މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް ރައީސް ގެންދަވަނީ ޕޯޑިއަމްތަކުގައި ތަކުރާރުކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!