ކެންބޯޑިއާގައި ޗައިނާގެ އަސްކަރީ މަރުކަޒެއްގެ ބިރު
ވޮޝިންޓަންގެ ކްރޮސް ހެއާގައި ޗައިނާގެ އެހީގައި ހިންގާ އެންމެ ފަހުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓަކީ ކެމްބޯޑިއާގައި ހަދަން ނިންމާފައިވާ ކެނަލް އެކެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެ ގައުމުގައި ޗައިނާގެ އަސްކަރީ ބާރު ގަދަކުރުމަށް 1.7 ބިލިއަން ޑޮލަރުގެ ކެނަލްއެއް އެޅުމަށް ކެމްބޯޑިއާއިން އިތުރަށް ދެފުށް ފެންނަ ގޮތަށް އެމެރިކާއިން ދަނީ ގޮވާލަމުންނެވެ.
ފިނޮމް ޕެންހުން ފެށިގެން އައްސޭރިފަށުގެ ޕްރޮވިންސް ކޭޕްއާ ހަމައަށް ގާތްގަނޑަކަށް 180 ކިލޯމީޓަރު (111.85 މޭލު) ދުރުގައި އޮންނަ ޓެކޯ ފުނާން ކެނަލްގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ސަމިޓްގައި ޗައިނާ ބްރިޖް އެންޑް ރޯޑް ކޯޕަރޭޝަނުން އެ ކެނަލް ތަރައްގީ ކުރުމަށް އެއްބަސްވުމަކަށް އައުމުންނެވެ.
"ކެމްބޯޑިއާގެ ރައްޔިތުންނާއި އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނާއި ފުޅާ ސަރަހައްދުގެ ރައްޔިތުން - ސަރަހައްދީ ފެން މެނޭޖްކުރުމަށާއި ދަނޑުވެރިކަމުގެ ދެމެހެއްޓެނިވިކަން އަދި ސަލާމަތަށް އަސަރުކުރާނެ ކޮންމެ ބޮޑު މަސައްކަތެއްގައި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމުން ފައިދާ ކުރާނެ،" ނޮމް ޕެންގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޕަބްލިކް ޑިޕްލޮމަސީ އޮފިސަރު ވެސްލީ ހޯލްޒަރ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބްލޫމްބާގްއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ލިޔުއްވާފައިވެ އެވެ.
ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހޫން ސެން ވިދާޅުވާ ގޮތުގައި މި ކެނަލް ބޭނުންކުރާނީ ހަމައެކަނި އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށެވެ.
ކެމްބޯޑިއާގެ ފުރަތަމަ އިންލޭންޑް ރިވާ ޑްރެޖިން ޕްރޮޖެކްޓްގެ ގޮތުގައި ސިފަކުރާ ޓެކޯ ފުނާން ކެނަލްގެ މަސައްކަތް ނިންމަން ގާތްގަނޑަކަށް ހަތަރު އަހަރު ނަގާނެ ކަމަށާއި އެ ކެނަލްގެ ދިގުމިނުގައި ސުއޭޒް ކެނަލްއަށް ވުރެ 16 ކިލޯމީޓަރު (10 މޭލު) ކުރުވާނެ ކަމަށެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެކޭ އެއްފަދައިން އަސްކަރީ ބޭނުންތަކަށް ވެސް ބޭނުން ކުރެވިދާނެ ކަމަށާއި އަވަށްޓެރި ވިއެޓްނާމުން ވެސް ދަނީ އެފަދަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.