ދުނިޔެ

އިޤްތިޞާދީ ނުތަނަވަސްކަމެއްގެ ތެރޭގައި ވެސް ޕާކިސްތާނުން އައު ލޯނު ހޯދަނީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޕާކިސްތާނުން މިހާރު ކުރިއަށް ގެންދާ ތިން ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ޕްރޮގްރާމް ނިމުމަކާ ގާތްވެފައިވާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާގެ ފަރާތުން އަނެއްކާވެސް ބެއިލްއައުޓް ހޯދުމަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

Ads by Sosun Fihaara

އައިއެމްއެފްއާ އެކު ނުވަ މަސް ދުވަހުގެ ސްޓޭންޑް ބައި އެރޭންޖްމަންޓް (އެސްބީއޭ) މިދިޔަ އަހަރު ފަށާފައި ވަނީ ލޯނު ނުދެއްކުމުން ސަލާމަތްވުމަށާއި ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ކްރައިސިސް އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.  1.1 ބިލިއަން ޑޮލަރުގެ އެންމެ ފަހު ބައި އަދި ވެސް ޕާކިސްތާނަށް ދޫކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ޕާކިސްތާނު ސަރުކާރުން މިހާރު ވަނީ އައިއެމްއެފްއާ އެކު "އިގްތިސާދީ އިސްލާހީ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން" އެތައް ބިލިއަން ޑޮލަރުގެ އާ ލޯނު އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ފަށައިފަ އެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު އޯރަންގްޒޭބް ވިދާޅުވި ގޮތުގައި ޕާކިސްތާނުން އެދޭނީ މަދުވެގެން "ތިން އަހަރުގެ" ޕްރޮގްރާމަކަށެވެ.  އައިއެމްއެފްގެ އާ ލޯނެއް ބޭނުންވާތީ އެނގެނީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރި އިސްލާހުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު އިސްލާހުކުރުން ފިޔަވައި ގައުމުގެ އިގްތިސާދު ހަމައަކަށް އެޅެން ފެއިލްވެފައިވާ ކަމެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް ސައީދު އާސިމް މުނީރުގެ ޕެޓް ޕްރޮޖެކްޓެއް ކަމަށްވާ ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލް (އެސްއައިއެފްސީ) އަށް އިގްތިސާދު އަލުން ކޮޅަށް ޖެހުމާއި އާ އިންވެސްޓްމަންޓްތައް ގައުމަށް ގެނައުމުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. މަލްޓި އިޔަރ ލޯން ޕްރޮގްރާމެއްގެ ސަބަބުން އާ އަދި ހަރުކަށި ޝަރުތުތަކެއް އަންނާނެ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެއްޗާއި ތެލުގެ އަގު އާންމުކޮށް އުފުލުމާއި، ޕާކިސްތާނުގެ ފަގީރުންނާއި މެދުފަންތީގެ މީހުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އިންފްލޭޝަން މަތިވުމާއި ބެލެންސް އޮފް ޕޭމަންޓްސް ކްރައިސިސްގެ ސަބަބުން 8.5 މިލިއަން މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ކުރިމަތިވެ، ގްލޯބަލް ހަންގާ އިންޑެކްސްގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ގޯސް އެއް ގައުމަކީ ޕާކިސްތާނެވެ.

2023 ވަނަ އަހަރު ޕާކިސްތާނުގައި އާބާދީގެ 39.4 އިންސައްތަ އަށްވުރެ ގިނަ މީހުން ފަގީރުކަމުގެ ދަރަޖައިގެ ދަށަށް ގޮސްފައިވާއިރު، އޭގެ މާނައަކީ 12.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ވަރަށް ކުޑަ ޙާލަތެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!