އެމެރިކާއިން ބޭނުންވަނީ ޓިކްޓޮކް ވިއްކާލަން
ޓިކްޓޮކްގެ ޗައިނާގެ ވެރިޔާ ބައިޓްޑާންސަށް ސޯޝަލް މީޑިއާ އެޕް ވިއްކުމަށް ނުވަތަ އެމެރިކާގައި މަނާކުރުމާ ކުރިމަތިލާން މަޖުބޫރު ކުރުވުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ކޮންގްރެސްގައި ވަރުގަދަވަމުން ދިޔައިރު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ހޮނިހިރު ދުވަހަށް ވޯޓަށް އަހާފައިވާއިރު ސެނެޓުގެ އިސް ޑިމޮކްރެޓިކް ބޭފުޅަކު ވަނީ އެކަމަށް ތާއީދު ކުރައްވާފައެވެ.
ވރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ހައުސްގައި މި ފިޔަވަޅު ހިމަނާފައިވަނީ ޔޫކްރެއިން އާއި އިސްރާއީލު ފަދަ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ 95 ބިލިއަން ޑޮލަރުގެ ބޮޑު ލެޖިސްލޭޓިވް ޕެކޭޖެއްގަ އެވެ.
ކުރު ވީޑިއޯ އެޕް ވިއްކުމަށް ބައިޓްޑާންސަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދޭ އާ ބިލަށް އެމެރިކާގެ ސެނެޓްގެ ކޮމާސް ކޮމިޓީގެ މުގައްރިރު މާރިއާ ކެންޓްވެލްގެ ތާއީދު ލިބިފައިވާއިރު، އޭނާގެ ތާއީދާއެކު އެ ފިޔަވަޅު ގާނޫނަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެން ދެ އެވެ.
ބައިޕާޓިޝަން ގެ ތާއީދާއެކު މިދިޔަ މަހު މަޖިލީހުން ފާސްކުރި ބިލުން ބައިޓްޑާންސަށް ވިއްކުމަށް ފުރުސަތު ލިބުނީ އެންމެ ހަ މަސް ދުވަހަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންނާއި ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ބުނަނީ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށާއި އެއީ ޗައިނާއިން އެ ކުންފުނީގެ 170 މިލިއަން އެމެރިކާ ބޭނުންކުރާ މީހުންގެ ޑޭޓާ ހިއްސާކުރަން އެ ކުންފުންޏަށް މަޖުބޫރު ކޮށްފާނެތީ ކަމަށާއި ޓިކްޓޮކް އިން ބުނަމުން ދަނީ އެ ކުންފުނިން އެމެރިކާގެ ޑޭޓާ ހިއްސާކޮށްފައި ނުވާ ކަމަށާއި އަދި ދުވަހަކުވެސް ނުކުރާނެ ކަމަށެވެ.
ކެންޓްވެލް އިބްތިދާއީ ބިލާ މެދު ފިނިކޮށް އުޅުއްވި ނަމަވެސް، ހައުސްގެ ރައީސް މައިކް ޖޯންސަން މަޝްވަރާ ކުރެއްވި ޕެކޭޖެއްގެ ދަށުން ހުށަހެޅުއްވި މި ވާޝަނަށް ފުރިހަމަ ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ބައިޓް ޑާންސް ޑިސްއިންސްމަންޓް ޕީރިއަޑް ހަ މަހުން އަހަރަށް އިތުރު ކުރުމަށް ސްޕީކަރ ޖޯންސަން އާއި ހައުސްގެ ލީޑަރުން އަޅުގަނޑުގެ ރެކޮމެންޑޭޝަން ހިމެނުމުން ވަރަށް އުފާވޭ،" ކެންޓްވެލް ވިދާޅުވެފައިވެ އެވެ. "އަލަށް ގަންނަ ފަރާތަކަށް ޑީލެއް ހެދުމަށް އެކަށީގެންވާ ވަގުތު ލިބޭތޯ ބެލުމަށް ޓަކައި ޑިސްއިންސްމަންޓް ޕީރިއަޑް އިތުރުކުރަން ޖެހޭ. މި އަޕްޑޭޓް ކޮށްފައިވާ ގާނޫނަށް އަޅުގަނޑު ތާއީދު ކުރަން."
ޓިކްޓޮކްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބޭރުގެ މުހިންމު އަދި އިންސާނީ އެހީގެ ކަވަރު ބޭނުންކޮށްގެން ބިލު ކުރިއަށް ގެންދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.