ޚަބަރު

ކޮވިޑް-19: ހާލު ބޮޑުވެގެން ދަރުމަވަންތައަށް ބަދަލުކުރި މީހާގެ ހާލު މިހާރު ރަނގަޅު

ދެން އެމްވީ ، ދެން އޮންލައިން

ޜާއްޖެއިން ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވެ، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ބިދޭސީ މީހާގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަށް ފައްސި ވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ގެންދެވުނު މީހާގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅުކަމަށާ، އޭނާއަށް ނޭވާލާން ދަތިވާތީ ކުރިން ދެމުންދިޔަ އޮކްސިޖަންވެސް ދިނުން މިހާރު ހުއްޓާލާފައިވާކަމަށެވެ.

ޑރ.މުރާދު ވިދާޅުވީ މިވަގުތު ފަރުކޮޅު ފުށީގެ އައިސޮލޭޝަންގައިތި އެންމެގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މިވަގުތު މަސައްކަތް ކުރަމުންދަނީ އައިސޮލޭޝަންގައި ތިބި މީހުންނާއި، ކަރަންޓީން ކޮށްފައިތިބި މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޚީ ޚިދުމަތްތައް ވަގުތުން ވަގުތަށް ފޯރުކޮށް ދިނުމަށްކަމަށެވެ.

ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މި ކަމާ ގުޅިގެން ސަރުކާރުން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ބައެއް ގައުމުތަކުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!