ޗައިނާއިން ޖައްސީ މިޝަން ޖައްސަނީ އަސްކަރީ ބޭނުމަށް

ނާސާގެ ވެރިޔާ ބިލް ނެލްސަން ބުދަ ދުވަހު ވިދާޅުވީ ޗައިނާއިން އެގައުމުގެ އަސްކަރީ ޖައްވީ މަގްސަދުތައް މަދަނީ މިޝަންތަކެއްގެ ގޮތުގައި ސިއްރުކުރަމުން އަންނަ ކަމަށާއި، އެމެރިކާގެ "ގާޑް ޑައުން" ނުކުރުމަށް އެމެރިކާއަށް އިންޒާރު ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމީހުންގެ އެސްއޯ މަދަނީ ޖައްވީ ޕްރޮގްރާމަކީ އަސްކަރީ ޕްރޮގްރާމެއް. އަދި އަޅުގަނޑަށް ހީވަނީ ހަގީގަތުގައި އަޅުގަނޑުމެން މިތިބީ ރޭހެއްގައި ކަމަށް،" ނެލްސަން ވިދާޅުވި އެވެ.
"ހާއްސަކޮށް ފާއިތުވި 10 އަހަރުގެ ތެރޭގައި ޗައިނާއިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހޯދާފައި ވޭ، އެކަމަކު އެއީ ވަރަށް ސިއްރު ކަންތައްތަކެއް،" ނާސާގެ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން ހައުސް އެޕްރޮޕްރިއޭޝަންސް ކޮމިޓީގައި ހެކިބަސް ދެއްވަމުން ކެޕިޓަލް ހިލްގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި ޗައިނާއިން ވެސް ދަނީ އެސްޓްރޮނޯޓުން އަނބުރާ ހަނދަށް ވައްދަން ވިސްނަމުންނެވެ.
ނާސާއިން އުއްމީދު ކުރަނީ 2026 ވަނަ އަހަރު ހަނދުގެ ބިމަށް އިންސާނުން ވެއްދުމަށް އަމާޒު ހިފާފައިވާއިރު، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާޓެމިސް 3 މިޝަން ގެ ޒަރިއްޔާއިން އެކަން ހާސިލްކުރެވޭނެ ކަމަށެވެ.
ފަންޑިންގ ލަސްވުމާއި ޓެކްނޮލޮޖީގެ ހުރަސްތަކުގެ ސަބަބުން ދަތިވެފައިވާ ނާސާއަށް މިފަހަކަށް އައިސް ވަނީ އެ ކުންފުނީގެ އާޓެމިސް މިޝަންތަކަށް ޝެޑިއުލް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ.