ޚަބަރު

ޕީއެންސީގެ ސައިޒް ދައްކާލާ, މަޖިލީހުގެ ސުޕަ މެޖޯރިޓީއާ ދިމާއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފިއެވެ.

Ads by Sosun Fihaara

މި ވަގުތު ލިބުނުު ނަތިއްޖާ ދައްކާ ގޮތުން ބޮޑެތި ހުރިހާ ސިޓީތަކަކުން ޕީއެންސީ/ޕީޕީއެމް އިން ދަނީ ކާމިޔާބު ހޯދަމުންނެވެ.

މި ވަގުތުގެ ނަތިއްޖާ ދައްކާ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީ އިން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އަކީ 70 ގޮނޑިއެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ސިޓީތަކުންވެސް ޕީއެންސީ ވަނީ ބޮޑުތަނުން ކުރި ހޯދާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!