ޚަބަރު

ހއ ރީނދޫ ކުލައިން ވިލު ނޫ ކުލައަށް! 5 ގޮނޑި ވެސް ޕީއެންސީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހއ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި މެންބަރުން

ވާދަވެރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ހއ އަތޮޅުގެ ފަސް ދާއިރާގެ ގޮނޑި ވެސް ސަރުކާރުގެ މައި ޕާޓީން ކޮންގްރެސް ޕާޓީނ (ޕީޕީއެމް/ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

19 ވަނަ މަޖިލީހުގެ އިންތިހާބުގައި ހއ ގެ ހަތަރު ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.

ހއ ގައި ހިމެނެނީ ކެލާ, ދިއްދޫ, ބާރަށް, އިހަވަންދޫ އަދި ހޯރަފުށި ދާއިރާއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ތިން ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީންނެވެ.

އެގޮތުން ބާރަށު ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއުއެވެ. އެއީ އެމްޑީޕީ އަދި އަމިއްލަ ކެނޑިޑޭޓަކާ ވާދަކޮށެވެ.

އިހަވަންދޫ ދާއިރާގެ ގޮނޑި މުޙައްމަދު އާރިފްއާ ވާދަކޮށް, ކާމިޔާބުކޮށްފައިވަނީ ކޮންގްރެސްގެ އަޙްމަދު ނަސީރެވެ. ހޯރަފުށި ދާއިރާ ކޮންގްރެސް ޕާޓީން ކާމިޔާބު ކުރީ މިހާރުގެ މެންބަރު އަޙްމަދު ސަލީމްއާ ވާދަކޮށް, ކޮންގްރެސްގެ އަލީ މޫސާއެވެ.

ދިއްދޫގެ ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީން ވާދަކުރި އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުޙައްމަދެވެ. އެ ދާއިރާއަށް އެމްޑީޕީގެ އިތުރުން އަމިއްލަ މެންބަރަކު ވާދަކުރިއެވެ.

ކެލާ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ކޮންގްރެސްގެ އަބްދުالله ޝަރީފެވެ. އެ ދާއިރާއަށް އެމްޑީޕީން އަޙްމަދު ޣާލިބު އިތުރުން, އަމިއްލަ ގޮތުން ދެ ކެނޑިޑޭޓަކު ވާދަކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!