ޚަބަރު

ޞާލިޙުގެ ދެ ކޮއްކޯފުޅަށް އުފަން އަތޮޅުން ބުނީ ނޫނެކޭ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސޯލިހުގެ ދެ ކޮއްކޯފުޅު؛ ޖީހާން އާއި ނިޔާ

ޅ އަތޮޅުގެ ދެ ދާއިރާއަކަށް ކުރިމަތިލެއްވި ކުރީގެ ރައީސް, އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކޮއްކޯފުޅަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފިއެވެ.

Ads by MWSC

ރައީސް ޞާލިޙްގެ އަންހެން ކޮއްކޯފުޅު ޖީހާން މަހްމޫދު, ކުރިމަތިލެއްވީ ރައީސް ޞާލިޙް މީގެ ކުރިން ފުރުއްވަމުން އައި ހިންނަވަރު ދާއިރާއަށެވެ. ރައީސް ޞާލިޙް ވަނީ 25 އަހަރު އެ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. މިދިޔަ ދައުރުގައި އެ ގޮނޑީގައި އިންނެވީ ޖީހާންއެވެ. އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކޮންގްރެސް ޕާޓީން ވާދަކުރި މުޙައްމަދު އަބްދުއްރަޙްމާނެވެ. މިދިޔަ 30 އަހަރު ވެސް މި ގޮނޑީގައި ރަސްކަން ކުރަމުން ދިޔައީ އެމްޑީޕީންނެވެ.

ރައީސް ޞާލިޙްގެ ފިރިހެން ކޮއްކޯފުޅު އަލީ ނިޔާޒް ވެސް މިފަހަރުުގެ އިންތިޚާބުން ލިބުނީ ނާޔާމިޔާބީއެވެ. ފަސް ކެނޑިޑޭޓުން އެ ދާއިރާއަށް ވާދަކުރިއިރު ނިޔާޒު ދިޔައީ ހަތަރު ވަނައަށެވެ. އެ ދާއިރާ ކާމިޔާބު ކުރެއްވީ މުޙައްމަދު ޝާމިންއެވެ. އޭނާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!