ދުނިޔެ

ޕާކިސްތާނަށް ޒިޔާރަތް ނުކުރާން ބައެއް ޤައުމުތަކުން އިރުޝާދު ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަކީ ދުނިޔޭގެ ފަތުރުވެރިންނަށް ނުރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމުން، ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ އެ ގައުމުގެ އެކި ހިސާބުތަކުގައި ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުން އަދިވެސް އެގައުމުގެ ރައްޔިތުންނަށް ނަސޭހަތްތެރިވަމުން އަންނަ ދާދި ފަހުން ނިންމި ނިންމުމުން އެކަން ހާމަވެއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފްސީޑީއޯ) އިން ވަނީ ޕާކިސްތާނުގައި ޓެރަރިޒަމާއި ސިޔާސީ ހަމަނުޖެހުންތަކާއި ގާނޫނާ ހިލާފު ކަންކަމާއި ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކަކީ އެ ގައުމަށް ޒިޔާރަތްކުރާ އިނގިރޭސި ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

"މުޅި ޕާކިސްތާނުގައި ޓެރަރިޒަމާއި ދީނީ ހަމަނުޖެހުންތަކުގެ ނުރައްކާ ބޮޑު... ވަގަށް ނަގައިފިނަމަ، ތިބާ ތިބޭ ސަބަބަކީ ތިބާ އަށް ރައްކާތެރިކަން ލިބޭނެ ކަމެއް ނުވަތަ ރައްކާތެރިކަމާއެކު ދޫކޮށްލާނެ ސަބަބެއް ކަމަށް ނުބެލެވޭ،" އެފްސީޑީއޯގެ އެޑްވައިޒަރީގައި އިންޒާރު ދީފައިވެ އެވެ.

އަދި ވައްކަމުން ފެށިގެން ވަގަށް ނެގުން ފަދަ ކުށްތަކާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް އިންޒާރު ދީފައިވެ އެވެ. މަގުމަތީގެ ކުށަކީ ރިސްކެއް. އަމިއްލަ ނަފްސާއި ތިމާގެ މުދާ ރައްކާތެރިކުރުމަށް ވިސްނުންތެރި ފިޔަވަޅުތަކެއް އަޅާ... ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސި ވިލާތުގެ ރައްޔިތުންނަކީ ދިވެހީންނަށްވުރެ މުއްސަނދި ބައެއްގެ ގޮތުގައި ގިނަފަހަރަށް ދެކޭތީ، ވަގަށް ނެގި މީހުން ވެސް ހިމެނޭ ގޮތަށް ކުށްވެރިންގެ ހަމަލާތައް އަމާޒުކުރެވިފައި ވޭ،" އެޑްވައިޒަރީގައި ބުނެފައިވެ އެވެ.

ޕާކިސްތާނަށް ދަތުރުކުރުމާ މެދު އެހެން ގިނަ ގައުމުތަކުން މިހާރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކެނެޑާއިން ވަނީ ސަލާމަތީ ގޮތުން އަންދާޒާ ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެފައިވާތީ އެގައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ކެނެޑާ ސަރުކާރުން ނެރެފައިވާ އެޑްވައިޒަރީގައި ބުނެފައިވަނީ ޓެރަރިޒަމާއި މަދަނީ ހަމަނުޖެހުންތަކާއި ދީނީ ހަމަނުޖެހުންތަކާއި ވަގަށް ނެގުމުގެ ބިރު އެބައޮތް ކަމަށެވެ. އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި ހިނގަމުންދާ ހަމަނުޖެހުންބޮޑު ސަރަހައްދުތަކުގައި އެކަންޏެއް ނޫން، ޕާކިސްތާނުގެ މާލީ ވެރިރަށް ކަރާޗީއަށް ޒަރޫރީ ނޫން ދަތުރުތައް ނުކުރުމަށް ވެސް އެ ގައުމުން މަސައްކަތް ކުރި އެވެ.

"ހަރުކަށި ފިކުރުގެ ޖަމާއަތްތައް އެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި އެބަތިބި، ސްޓޮކް އެކްސްޗޭންޖާއި ޗައިނާ ކޮންސިއުލޭޓް ފަދަ ހައި ޕްރޮފައިލް ޓާގެޓްތަކަށް މިފަހަކަށް އައިސް ޓެރަރިސްޓް ހަމަލާތައް ދީފައި ވޭ. އަދި ސިޓީއަށް ނުވަތަ އެ ސިޓީއަށް ކުރާ ކޮންމެ ދަތުރެއް ވެސް ވަރަށް ރަނގަޅަށް ރާވާ،" އެޑްވައިޒަރީގައި ވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!