ދުނިޔެ

ޗައިނާގެ ދަތުރުފުޅުގެ ކުރިން ޝިންޖިއާންގައި ޖެނޯސައިޑް ހިނގަމުންދާ ކަމަށް ބްލިންކެން ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މިހަފުތާގައި ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކުރިން ހޯމަ ދުވަހު ޝާއިޢުކުރެއްވި ރިޕޯޓެއްގައި ވިދާޅުވެފައިވަނީ، ބެއިޖިންގގެ ހުޅަނގުގެ ޝިންޖިއާން ޕްރޮވިންސްގައި އުއިގޫރުންނާއި އެހެނިހެން މުސްލިމް މައިނޯރިޓީތަކާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ގެންދާ ކަމަށެވެ.

Ads by Sosun Fihaara

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އަހަރީ އިންސާނީ ޙައްޤުތަކުގެ ރިޕޯޓުގައި، މިދިޔަ ކަލަންޑަރު އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑްކުރެވިފައިވާ އަނިޔާތައް ލިޔެފައިވާއިރު، ޝިންޖިއާންގައި މުސްލިމުންނާ މެދު ޢަމަލުކުރަމުންދާ ގޮތާ ބެހޭގޮތުން ކުރީގެ އަހަރުތަކުން ތަކުރާރުކޮށް ވާހަކަ ދައްކާފައިވާ އިރު، މި ރިޕޯޓުގައި މިމައްސަލަ އުފެދެނީ ޔޫކްރެއިންގެ ހަނގުރާމައާއި، ދުނިޔޭގެ ވިޔަފާރީގެ ވާހަކަތައް އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓާއި ޗައިނާގެ އިސް ޑިޕްލޮމެޓުންގެ މެދުގައި ބޭއްވުމުގެ ކުރިންނެވެ.

ބްލިންކެން ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ އެ ރިޕޯޓުގައި ޗައިނާގެ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރުސީ) ގައި ހިނގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި އަމަލުތައް ހިނގަމުންދާ ކަމުގެ ލިޔުންތައް ލިޔެފައިވާ ކަމަށެވެ.

"މިސާލަކަށް ޝިންޖިއާންގައި ޕީއާރުސީން ގެންދަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އުއިގޫރުންނާއި އެހެނިހެން ނަސްލުތަކާއި ދީނީ މައިނޯރިޓީ ޖަމާއަތްތަކުގެ މީހުންނާ ދެކޮޅަށް ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި މަޖުބޫރު މަސައްކަތްތެރިންގެ އިތުރުން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަމުން،" ބްލިންކެން ވިދާޅުވި އެވެ.

ޗައިނާއާ ބެހޭ ގޮތުން ހޯމަ ދުވަހު ނެރުނު ރިޕޯޓުގެ ބައިގައި ވަނީ އެއް މިލިއަނަށް ވުރެ ގިނަ މީހުން ކޭމްޕްތަކާއި ޖަލުތަކުގައި ބަންދުކުރުމާއި ޝިންޖިއާންގައި ރީ އެޑިއުކޭޝަން ކޭމްޕްތައް ބޭނުން ކުރުމުގެ އިތުރުން ޗައިނާގެ އާބާދީއާ ދެކޮޅަށް ހިންގާ ފައިވާ އެހެނިހެން އަނިޔާތަކުގެ ތަފްސީލް ދީފަ އެވެ.

ޝިންޖިއާންގައި ހިންގަމުންދާ އަނިޔާތަކަށް ޗައިނާއިން ވަރަށް ބޮޑަށް އިންކާރުކޮށް، ޓެރަރިޒަމާއި ވަކިވެގަތުމާއި ދީނީ ހަރުކަށި ފިކުރު ހުއްޓުވުމަށް "ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުތަކެއް" ގާއިމުކޮށްފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

2021 ވަނަ އަހަރު ބްލިންކެން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޗައިނާގެ އަމަލުތަކަކީ ޖަރީމާއެއް ކަމަށް ކުރިން ހުންނެވި ބޭފުޅަކު ނިންމެވި ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށާއި ޗައިނާގެ އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް އޭނާ ވަނީ އެ މައްސަލަ ފާހަގަކުރައްވާފަ އެވެ.
އިންސާނީ ހައްގުތަކުގެ އަހަރީ ރިޕޯޓުގައި ފާއިތުވި އަހަރުތަކުގައި އެ ސިޔާސަތު ތަކުރާރުކޮށް، އެ ޖަރީމާ ހިނގަމުންދާ ކަމަށް ބުނެފައިވީ ނަމަވެސް، އެމެރިކާ އާއި ޗައިނާގެ އޮފިޝަލުންގެ މެދުގައި ސީދާ ގުޅުމުގައި ޝިންޖިއާން ފާހަގަކޮށްލެވެއެވެ.

ބްލިންކެންގެ ދަތުރުފުޅާ ގުޅޭ ގޮތުން ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ޗައިނާގެ އޮފިޝަލުންނާ އެކު ބްލިންކެން ހުށަހެޅުއްވި މައްސަލަތަކުގެ ތެރޭގައި އިންސާނީ ހައްގުތައް ހިމެނޭނެ ކަމަށާއި ނަމަވެސް ޝިންޖިއާންގެ ހާލަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!