ޚަބަރު

ދުވަހު އެންމެ ހިނގި ފޮޓޯއަކަށް "ދެން"ގެ މި ފޮޓޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
“ދިވެހިންގެ މަޖިލީހަށް- މަރުޙަބާ” އިވެންޓުގެ ތެރެއިން ނެގި ފޮޓޯ

މަތިން ތި ފެންނަ ފޮޓޯ އަކީ ރޭ ސޯޝަލް މިޑީއާގައި އެންމެ ބޮޑަށް ދައުރުވި އެއް ފޮޓޯއެެވެ.

Ads by STELCO

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ އާޓީފިޝަލް ބީޗުގައި ''ދިވެހިންގެ މަޖިލީހަށް- މަރުހަބާ'' ހާއްސަ އިވެންޓުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ.

ރޭ 8:30 ގައި، އުފާފަޅުކުރަން ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާ އެ އިވެންޓު ކުރިއަށް ދިޔަ އިރު މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ޖަލްސާގެ އެހެން ފޮޓޯތަކަށްވުރެވެސް ބޮޑަށް އެންމެ ބޮޑަށް ދައުރުވީ މިއެވެ.

މަތިން ނަގާފައިވާ މި ފޮޓޯ ގާތްގަނޑަކަށް 600 އަށް ކުރާ ގިނަ މީހުން ފޭސްބުކްގައި ޝެއާކުރިއެވެ. ޓްވީޓާގައި ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކުވެސް ފޮޓޯ ހިއްސާކުރިއެވެ.

ރޭ އުފާފާޅުކުރަން ޕީއެންސީން ބޭއްވި އިވެންޓުގައި ސަރުކާރުގެ ފަރާތުން އިންތިހާބުވި ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، ހަވާވެސް އެރުވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ. ރައީސް ގޮވާލެއްވީ ހުރިހާ ރައްޔިތުން އެކަތިގަނޑަަކަށްވެގެން މަސައްކަތް ކުުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!