ދުނިޔެ

ޕާކިސްތާންގައި ޤައުމީ ސަލާމަތަށް ނުރައްކާ ކަމަށް ބުނެ އެކްސް ބޭންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި އިންޓަނެޓާ އިދިކޮޅަށް ފިޔަވަޅު އެޅުމަކީ އާ ކަމެއް ނޫން ކަމަށާއި، އެ ގައުމުން އެންމެ ފަހުން މައިކްރޯ ބްލޮގިން ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓާ) މަނާކުރުމާ އެކު ވެސް އެކަން ކުރިއަށް ގެންދެ އެވެ.

Ads by Sosun Fihaara

އެ ގައުމުން ދާދި ފަހުން ވަނީ ޕާކިސްތާނު ބޭނުންކުރާ މީހުންނަށް އެލޮން މަސްކްގެ އެކްސް އަށް ވަނުން މަނާކޮށްފައި ވަނީ "ގައުމީ ސަލާމަތާއި އާންމު އަމާންކަން ދެމެހެއްޓުމަށާއި ގައުމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި" ކަމަށެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާގެ ފަރާތުން ޕާކިސްތާނުގެ އިސްލާމްއާބާދު ހައިކޯޓުގައި އެކްސް މަނާކުރިކަން ޤަބޫލުކޮށްފައިވާއިރު، އެކްސްއިން ޕާކިސްތާނުގެ ޤައުމީ ސަލާމަތަށް އޮތް "ނުރައްކާ" އިންޓެލިޖެންސް އެޖެންސީތަކުން "ސިއްރު" ރިޕޯޓެއްގައި ފާހަގަކޮށްފައިވާތީ، ދާޚިލީ ވުޒާރާއިން އެކްސްއަށް އެޤައުމުގެ އެކްސެސް ކަނޑާލީ، އިޖުރާއަތުގެ އެންމެހައި ކަންކަން ފުރިހަމަކުރަން ވެސް ނުޖެހިއެވެ.

މި "އަދަބީ ފިޔަވަޅު" އެޅުމަށް ސަރުކާރުން ބައެއް "ޖަސްޓިފިކޭޝަންތައް" ހަދާފައިވާއިރު، އޭގެ ތެރެއިން އެއް ކަމަކީ- އެކްސް އިން ޕާކިސްތާނުގައި ހިންގާ އޮޕަރޭޝަންތައް ލޯކަލް ކުރަން ދެކޮޅު ހެދުމެވެ.

އަދި އެކްސް އަކީ ޕާކިސްތާނުގެ ގާނޫނުތަކަށް ކިޔަމަންވާ މީހެއް ނޫން ކަމަށް ވެސް ސަރުކާރުން ތުހުމަތު ކުރެ އެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ދާދި ފަހުން އެކްސް މަނާކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސައިޓް ބޭނުންކުރާ ފަރާތްތަކުން އެ ޕްލެޓްފޯމް ބޭނުންކުރުމުގައި މައްސަލަތަކެއް ރިޕޯޓްކުރަމުން ދިޔައީ ފެބްރުއަރީ މަހުގެ މެދުތެރޭގައި، އިންތިޚާބާ ދިމާކޮށް، ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ވޯޓު އޮޅުވާލި ކަމަށް ސަރުކާރުގެ އޮފިޝަލަކު އިއުތިރާފުވުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލުމުންނެވެ.

ޕާކިސްތާނުގެ މަޝްހޫރު އިނގިރޭސި ނޫހެއް ކަމަށްވާ "ދަ ޑޯން" ގައި ހުކުރު ދުވަހު (އޭޕްރީލް 19) ޝާއިއުކުރި "އެކްސް ޕޯސްޓް ފެކްޓޯ" ގެ އެޑިޓޯރިއަލްގައި ބުނެފައި ވަނީ "މީގެ ކުރިން ޓްވިޓާ، އެކްސް މަނާކުރަން ނިންމި ނިންމުން ޖަސްޓިފައި ކުރުމަށް ދައުލަތުން ދުމާއި އައިނު ބޭނުން ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!