ޚަބަރު

މާލެގައި ހުންނަ އެމްބަސީތަކަށް ހާއްސަ ޕާކިން ޖާގަ ހަމަޖައްސައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
މާލެގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހާއްސަ ޕާކިން ޖާގަ

މާލެ ސިޓީ ކައުންސިލުން މާލެގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހާއްސަ ޕާކިން ޖާގަ ހަމަޖައްސައިފިއެވެ.

Ads by MWSC

ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ޕާކު ކުރާ ޖާގަ ދޫކުރާތަން ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

މިއީ އެ އެމްބަސީތަކުގައި މަަސައްކަތް ކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތް ހަމަޖެއްސުމަށް ކުރެވުނު ކަމެކެވެ.

https://twitter.com/MaleCitymv/status/1783767077599564100

މިވަގުތު މާލޭގައި 11 އެމްބަސީ ހުންނަ އިރު، މީގެ ތެރޭގައި އޮސްޓްރެލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާން، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސްރިލަންކާ، ޔޫއޭއީ، ޔޫކޭ އަދި ޔޫއެސް ހިމެނެއެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލުން ރޭގައި ވަނީ ރާޅުގަނޑު ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން މަގުމައްޗަށް އަރާފައިވާ ވެލިތައް ކަހާ މަގު ސާފުކޮށްފައިއެވެ. 

ސިޓީ ކައުންސިލުން އަންނަނީ މާލެ އަކީ ސާފު، ތޮއްޖެހުން ކުޑަ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!