ޚަބަރު

ކުޅުދުއްފުށީގައި ޒުވާނުންގެ ދަފްތަރެއް އެކުލަވާލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުޅުދުއްފުށީ މަގެއްގެ މަތި/ ފޮޓޯ: ކުޅުދުއްފުށި ޕިކްޗާސް

އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

ކުޅުދުއްފުށި ކައުންސިލުން ބުނީ، އެ ސިޓީގައި ދިރިއުޅޭ ޒުވާނުންގެ ޑޭޓާބޭސް އެށް އެކުލަވާލުމަށް ނިންމާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އިން ކަމަށެވެ.

އެ ޑޭޓާބޭސްގެ ބޭނުމަކީ ޒުވާނުންގެ ތެރެއިން ވަޒީފާ ތަކުގައި އުޅޭ ފަރާތްތައް ދެނެގަތުމާއި އަދި އެއްވެސް ވަޒީފާއެއް އަދާނުކުރާ ފަރާތްތައް ދެނެގަތުން ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އަދި އޭގެ އިތުރުން މި ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދިނުމާއި ވަޒީފާގެ ފުރުސަތު ހޯދައި ދިނުންވެސް އެ ދަފްތަރު އެކުލަވާލުމުގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.

މައުލޫމާތު ދިނުމަށްޓަކައި އުމުރުން 18 އަހަރާއި 45 އަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށް ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!