ދުނިޔެ

މެދުއިރުމަތީގެ ގުޅުން ފުޅާކުރުމަށް އިންޑިއާއިން އޮމާނާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި އޮމާންއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ކުރިއަށް އޮތް މަސްތަކުގައި ސޮއިކުރާނެ ކަމަށް އިންޑިއާ ސަރުކާރުގެ ދެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"މިކަމުގެ ސަބަބުން އިންޑިއާއަށް ސްޓްރެޓެޖިކް ޕާޓްނަރަކާއި ހަލަބޮލި ސަރަހައްދެއްގައި ވިޔަފާރީގެ މުހިންމު މަގުތަކަށް ވަނުމަށް މަގުފަހިވެގެންދާނެ،" އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.

އިންޑިއާ އާއި އޮމާންގެ ވިޔަފާރި އަހަރަކު 13 ބިލިއަން ޑޮލަރަށް ވުރެ ކުޑަ ނަމަވެސް، ގަލްފުގެ ގައުމަކީ އޮމާނާއި އީރާނާ ދެމެދު އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަށް ވަންނަ ދޮރަކަށް ވާތީ، މިއީ ދުނިޔޭގެ ތެޔޮ ޝިޕްމަންޓްތަކަށް އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓަކަށް ވާތީ، ނިއު ދިއްލީއަށް މި ގުޅުން މުހިންމު އެވެ.

އިސްރާއީލުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ، އީރާނާ ހަނގުރާމަތައް ފެތުރި، ޔަމަނުގެ އީރާނާ ގުޅިފައިވާ ހޫތީ ހަނގުރާމަވެރިން ވަނީ ޣައްޒާގައި ތިބި ފަލަސްތީނާ އެއްބައިވަންތަކަން އޮތް ކަމަށް ބުނެ ރަތް ކަނޑުގެ ސަރަހައްދަށް ތަކުރާރުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފަ އެވެ.

މި ވިޔަފާރީގެ އެއްބަސްވުމަށް އިންޑިއާގައި މިހާރު ކުރިއަށްދާ ގައުމީ އިންތިހާބު ކާމިޔާބުކުރާ ސަރުކާރުގެ ރުހުން ހޯދަން ޖެހޭ ކަމަށާއި އެ އެއްބަސްވުމުގެ ނަތީޖާ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ތިން ވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެ މަޝްވަރާތަކަކީ ޕްރައިވެޓް މަޝްވަރާތަކަކަށް ވާތީ ނަން ހާމަ ނުކުރުމަށް އޮފިޝަލުން ވަނީ އެދިފަ އެވެ.

އިންޑިއާގެ ޓްރޭޑް އެންޑް ފޮރިން މިނިސްޓްރީ އާއި އިންޑިއާގައި ހުންނަ އޮމާންގެ އެމްބަސީ އާއި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް އީމެއިލް ކުރުމުން ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާ އެކު ވެފައިވާ އެއްބަސްވުމަކަށް ކުޑަ ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާ އިން ވަނީ ޖީސީސީގެ މެމްބަރު ގައުމުތައް ކަމަށްވާ އޮމާން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ އެކު ބައިލެޓަރަލް އެއްބަސްވުންތައް ހޯދުމަށް ނިންމައިފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އޮމާނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން "ޖީސީސީއިން ޕާކިސްތާނާއި ޗައިނާއާ އެކު ވިޔަފާރީގެ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާތީ، ވާދަވެރި ކުރިއެރުމެއް ވެސް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!