ދުނިޔެ

ޗައިނާއިން ހެދި އެއާޕޯޓުގެ ހިންގުން ލަންކާއިން އިންޑިއާ އާއި ރަޝިއާގެ ކުންފުނިތަކާ ހަވާލުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އިމާރާތްކޮށްފައިވާ 209 މިލިއަން ޑޮލަރުގެ އެއާޕޯޓުގެ ހިންގުން އިންޑިއާ އާއި ރަޝިއާގެ ދެ ކުންފުންޏަކާ ލަންކާ އިން ހަވާލުކުރަން ނިންމައިފި އެވެ.

Ads by Sosun Fihaara

ޗައިނާ އެގްޒިމް ބޭންކުގެ ހިލޭ އެހީގައި ހިންގާ މައްޓަލާ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓް (އެމްއާރްއައިއޭ) 2013 ވަނަ އަހަރު ހުޅުވި ފަހުން ގިނަ އަދަދެއްގެ ފްލައިޓްތައް މަދުވުމާއި ތިމާވެށީގެ ގޮތުން ނާޒުކު ލޮކޭޝަނާއި މާލީ ގޮތުން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެއްބަސްވުމުގެ އަގު ބަޔާން ނުކޮށް ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓުގެ ހިންގުން އިންޑިއާގެ ޝައުރިއާ އެރޮނޮޓިކްސް (ޕްރައިވެޓް) ލިމިޓެޑާއި ރަޝިއާގެ އެއާޕޯޓްސް އޮފް ރީޖަންސް މެނޭޖްމަންޓް ކޮމްޕެނީއާ 30 އަހަރަށް ހަވާލުކުރާނެ ކަމަށެވެ.

އުމްރާނީ ތަރައްގީގެ އެހެނިހެން މަޝްރޫއުތަކަށް ނަގާފައިވާ 4.2 ބިލިއަން ޑޮލަރުގެ ތެރެއިން އެއާޕޯޓް ލޯނު ރީސްޓްރަކްޗާ ކުރުމަށް ލަންކާ އިން ޗައިނާ އެގްޒިމް ބޭންކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާއާ ގާތްކޮށް، އެގައުމުގެ އާދަޔާ ހިލާފު އަވަށްޓެރި އިންޑިއާއާ ދުރަށް ބަދަލުކުރި އެއާޕޯޓެކެވެ. މި އެއާޕޯޓު ހުންނަނީ ރާޖަޕަކްސަގެ އުފަން ރަށުގަ އެވެ.

2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ރެކޯޑް މިންވަރަކަށް ދަށަށް ދިއުމާއި ގުޅިގެން، ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު މާލީ ކާރިސާއެއް ކުރިމަތިވި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ހޯދުމަށް ފަހު، ސަރުކާރު ހިއްސާވާ އެތައް ކުންފުންޏަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސްރީލަންކާއިން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ސަބަބުން އިގްތިސާދު ހަމައަކަށް އަޅުވައި، ދެ އަހަރަށް ފަހު 2024 ވަނަ އަހަރު އަލުން ކުރިއެރުމާ ގާތަށް ދިއުމަށް ވަނީ އެހީތެރިވެދީފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!