ދުނިޔެ

ގުޖުރާތުގެ އައްސޭރިފަށުން ޕާކިސްތާނުގެ 14 މީހަކު ހައްޔަރުކޮށް 602 ކްރޯޑް ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެންޓި ޓެރަރިސްޓް ސްކޮޑް (އޭޓީއެސް) އާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގުޖުރާތުގެ އައްސޭރިފަށުން ޕާކިސްތާނުގެ 14 މީހަކު ހައްޔަރުކޮށް އެ މީހުންގެ އަތުން 602 ކްރޯޑް ރުޕީސްގެ 86 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

Ads by WAMCO

މި އޮޕަރޭޝަނުގައި ހައްޔަރުން ސަލާމަތްވުމަށް ޕާކިސްތާނުގެ ރައްޔިތުން ވަނީ އޭޓީއެސްގެ އޮފިޝަލުންގެ މައްޗަށް އެމީހުންގެ ބޯޓު ދުއްވަން އުޅުމުގެ ބަދަލުގައި ބަޑީގެ ހަމަލާތަކެއް ދީފައެވެ. އެއަށްފަހު އެމީހުން ވަނީ ހައްޔަރުކޮށްފައެވެ.

ބައިނަލްއަގްވާމީ ކަނޑުގެ ބޯޑަރު ކައިރީގައި ނަމަވެސް އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ސަލާމަތީ އިދާރާތަކުން މި އޮޕަރޭޝަން ކުރިއަށް ގެންދާތާ ދެ ދުވަސް ވެއްޖެ އެވެ.

މިއީ ގުޖުރާތާއި ރާޖަސްތާނުގައި "މިއު މިއު" ގެ ނަމުން މަޝްހޫރުވެފައިވާ މަނާ ޑްރަގް މެފެޑްރޯން އުފައްދާ ތިން ލެބެއް އެންސީބީއިން ފަޅާލައި، އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކުރިތާ އެއް ދުވަސް ފަހުންނެވެ. އެންޓި ޑްރަގްސް އެޖެންސީން ވަނީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

މި ލެބްތައް ފަޅާއަރުވާލީ ގުޖުރާތު އަދި ރާޖަސްތާނުގައި މަސްތުވާތަކެތީގެ މެފެޑްރޯން އުފައްދަމުން އަންނަ ލެބްތަކާ ބެހޭ ގޮތުން ގުޖުރާތު ފުލުހުންގެ އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އަށް ސިއްރު ފަރާތަކުން މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!