ދުނިޔެ

ޗައިނާއިން އަފްޣާނިސްތާނުގެ މައިނިންއަށް ނުފޫޒު ފޯރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަތުލި ހިސާބުން ފެށިގެން ޗައިނާއިން ވަނީ އެގައުމުގެ އިންވެސްޓްމަންޓް އިނީޝިއޭޓިވްސް މެދުވެރިކޮށް އެގައުމުގެ މައިނިން ސެކްޓާއަށް އަމާޒު ހިފަހައްޓައި، އެ ދާއިރާއަށް ނުފޫޒު ފޯރުވާކަން ކަށަވަރުކޮށްދީފަ އެވެ.

Ads by Sosun Fihaara

ތާލިބާން އިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެ ޖަމާއަތުގެ މައިންސް އެންޑް ޕެޓްރޯލިއަމް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ، އަފްޣާނިސްތާނުގެ މައިންތަކަށް ޗައިނާއިން އިތުރު އިންވެސްޓްމަންޓެއް ކުރަން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީ އޮފް މައިންސް އެންޑް ޕެޓްރޯލިއަމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އިން ބުނި ގޮތުގައި ތާލިބާނުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބިލާލް ކަރީމީ އާއި މި ޖަމާއަތުގެ މިނިސްޓަރ އޮފް މައިންސް އެންޑް ޕެޓްރޯލިއަމް ޝަހާބުއްދީން ދޭލަވާރު ބައްދަލުކުރެއްވީ އޭޕްރީލް 27 ވާ ހޮނިހިރު ދުވަހު އެވެ. ބިލާލް ކަރީމީ ވަނީ ޗައިނާގެ އިންވެސްޓަރުން ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ތެލާއި ކޮޕަރ އަދި ލިތިއަމް ފަދަ ދާއިރާތަކުން ވެސް އިގްތިސާދީ އަދި މައިނިން އިންވެސްޓްމަންޓްތައް މެދުވެރިކޮށް ނުފޫޒު ފޯރުވުމަށް ޗައިނާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޚާމާ ޕްރެސް އިން ބުނެއެވެ.

އަފްޣާނިސްތާނުގެ މިނަރަލް މުއްސަނދިކަމަށް އިންވެސްޓް ކުރުމަށް އެމީހުންގެ ޝައުގުވެރިކަން ދައްކުވައިދެނީ އެގައުމުގެ ވަސީލަތްތަކަށް އެމީހުންގެ ސްޓްރެޓެޖިކް ޝައުގުވެރިކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!