ދުނިޔެ

ނޭޕާލްގެ ތަރައްގީއަށް އިންޑިއާ އިތުބާރު ކުރެވޭ ބައިވެރިއެއް: ޕިއުޝް ގޯޔަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއަކީ އަބަދުވެސް ނޭޕާލްގެ ތަރައްގީއަށް އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށް ޔޫނިއަން މިނިސްޓަރ ފޮރ ކޮމާސް އެންޑް އިންޑަސްޓްރީ ޕިއުޝް ގޯޔަލް ވިދާޅުވެއްޖެއެވެ.

Ads by WAMCO

ނޭޕާލްގެ ތިންވަނަ އިންވެސްޓްމަންޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޕިޔޫޝް ގޯޔަލް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ނޭޕާލާއި އިންޑިއާއާ ދެމެދު އޮންނަނީ ބަދަހި ގުޅުމެއް ކަމަށާއި އިންޑިއާއަކީ އަބަދުވެސް ތަރައްގީގައި އިތުބާރު ކުރެވޭ ރަހުމަތްތެރިއެއް ކަމަށެވެ.

އަދި ނޭޕާލާއި އިންޑިއާއަކީ ހަމައެކަނި ބޯޑަރެއް ނޫން ކަމަށާއި، އެ ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަހުމަތްތެރިކަމެއް ކަމަށާއި އުފާވެރި މުސްތަގުބަލެއް ގެނައުމުގެ ވިސްނުމެއް ކަމަށް ގޯޔަލް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިންވެސްޓްމަންޓް ސަމިޓް ފެށުމުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަވީން ޝްރިވަސްތާވް ވަނީ އިންޑިއާގެ ކުންފުނިތަކުން ނޭޕާލުގައި އިންވެސްޓްކުރުމަށް ހިތްވަރު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނޭޕާލް އިންވެސްޓްމަންޓް ސަމިޓް 2024 ފެށުމުގެ ގޮތުން އާދީއްތަ ދުވަހު ކަތުމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝްރިވަސްތާވް ވިދާޅުވީ އިންޑިއާއިން ނޭޕާލްގައި އިންވެސްޓްމަންޓް ތައް ޕްރޮމޯޓް ކުރުމަކީ ހަމައެކަނި ވިޔަފާރީގެ ވަސީލަތްތައް ކުރިއެރުވުމުގެ އިތުރުން ވިޔަފާރީގެ އިތުރު ފުރުސަތުތައް ވެސް ތަނަވަސްވެގެންދާނެ ކަމެއް ކަމަށެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނޭޕާލުން އިންޑިއާއަށް ކަރަންޓު އެކްސްޕޯޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ނޭޕާލުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އިންޑިޔާއިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އިންޓަގްރޭޓެޑް ޗެކް ޕޯސްޓްތައް ގާއިމުކުރުމާއި ޓްރާންސް ބޯޑާ ކަރަންޓް ޓްރާންސްމިޝަން ފެސިލިޓީތަކާއި ހަކަތައިގެ ވިޔަފާރީގެ ދާއިރާއިން ނޭޕާލާއި އިންޑިއާ ގުޅިގެން އެކި ދާއިރާތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޭޕާލްގެ އެފްޑީއައި ސްޓޮކްގެ 33 ޕަސެންޓަށް ވުރެ ގިނަ ހިއްސާ މިހާރު ގާތްގަނޑަކަށް 89 ބިލިއަން ރުޕީސް އަށް އަރާއިރު، އިންޑިއާއަކީ މިއަދު ނޭޕާލުގައި އެންމެ ބޮޑު ކޮމިއުލޭޓިވް އިންވެސްޓަރަކަށް ވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސްރީވާސްތާވް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!