ޚަބަރު

ކާރެއްގައި ރޯވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މި ކާރުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައި/ ފޮޓޯ: އެމްއެންޑީއެފް

މިރޭ ހުޅުމާލެ ފޭސް ދޭއްގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by Hajj Corporation

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ފެންނަނީ ފޭސް ދޭއްގެ ބޮޑު މަގުގައި، ޕްރައިވެޓް ބޯޑު ޖަހާފައިވާ ކާރެެއްގައި ރޯވެފައިވާ މަންޒަރެވެ. ކާރުގެ ކުރީކޮޅުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ބަޔަކު ފެންޖަހާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ ސަރަހައްދުގައި އެ ވަގުތު ފުލުހަކުވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެކަމަކު ކާރުގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް ނޭނގެއެވެ.

އެމްއެންޑީއެފުން 'އެކްސް' ގައި، މީގެ އިރުކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ފޭސް ދޭއްގައި، ކާރެއްގައި އަލިފާން ރޯވުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވި ކަމަށެވެ.

އެ ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!