ޚަބަރު

ދިއްގަރުން ގެއްލުނު ލޯންޗު ހުޅުމާލެ ފަޅުން ހޯދައިފި

އައިކާ ޔުނާން ، ދެން އޮންލައިން

މ. ދިއްގަރުން ގެއްލިގެން ރިޕޯޓުކުރި ލޯންޗެއް، ހުޅުމާލޭ ފަޅުގައި އޮއްވާ ހޯދައިފިއެވެ.

Ads by Sosun Fihaara

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދިއްގަރުން ލޯންޗު ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އެ ލޯންޗު ހޯދާފައިވަނީ ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލުގެ ފަޅުގައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ލޯންޗަކީ ސިނަމަން ހުރާ ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗު ދިއްގަރު ފަޅުގައި އަޅާފައި އޮތީ  މިއަދު ހެނދުނު އަނބުރާ ގެންދާ ގޮތަށެވެ.

އެ ލޯންޗު ވަގަށް ނަގައިގެން އައިސްފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް އެ ރަށު މީހުން އަންނަނީ ބުނަމުންނެވެ.

އޭނާ މާލެ އައީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކަމަށް ވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!