ޚަބަރު

ރައީސް ސޯލިހު ސްރީލަންކާއަށް ވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސްރީލަންކާއަށް ވަޑައިގެންފިއެވެ.

Ads by STELCO

ރައީސް ސޯލިހު ސްރީލަންކާއަށް ފުރާވަޑައިގަތީ މިއަދު ހަވީރު 4:30 ގައެވެ. އެމަނިކުފާނު މިހާރު ވަނީ އެ ގައުމަށް ވަޑައުގެންފައެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ލަންކާއަށް އެމަނިކުފާނު ކުރައްވަނީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އެނބުރި ވަޑައިގަންނަވާނީ ހުކުރު ދުވަހު ކަމަށެވެ.

ރައީސް ސޯލިހުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގައެވެ. އެހެންކަމުން މިއަހަރު ކުރީކޮޅު ވެސް އެމަނިކުފާނު ވަނީ އާއިލާގެ ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަށް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައެވެ.

މިހާތަނަށް ރައީސް ސޯލިހު ލަންކާއަށް ކުރެއްވީ އެންމެ ރަސްމީ ދަތުރުފުޅެކެވެ. އެއީ ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!