ޚަބަރު

ޑރ ރަމްޝާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ހުކުރަށް ފަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް ނިޔާވި އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާ މައްޗަށް ޢައިބަށް ކަށު ނަމާދުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by STELCO

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދެވި ރަމްޝާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 42 އަހަރެވެ. ރަމްޝާގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރާނީ މާދަމާގެ ހުކުުރު ނަމާދަށް ފަހު މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.

ދިރިއުޅުން ތައިލެންޑަށް ބަދަލުކުރެއްވި ފަހުން ވެސް އޭނާ ވަނީ ސިއްހީ ދާއިރާއަށް އެކިއެކިި ގޮތްގޮތުން ހިދުމަތް ކުރައްވައިފައެވެ. ކޮވިޑް-19ގެ ލޮކްޑައުން ދުވަސްވަރުން އޮންލައިންކޮށް ދިވެހިންނަށް ބައްޔާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރެއްވިއެވެ.

ތައިލެންޑަށް ބޭސްފަރުވާއަށްދާ ގިނަ ދިވެހިންނަށް އެހީ ފޯރުކޮށްދެމުން ދިޔަ ޑރ. ރަމްޝާއަކީ ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރަމްޝާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!