ދުނިޔެ

ޑަބްލިއުއެޗްއޯގެ އެސެމްބްލީގައި ޓައިވާނުން ބައިވެރިވުމުގެ ފުރުސަތު ކުޑަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިއަހަރުގެ އަހަރީ އެސެމްބްލީގައި ބައިވެރިވުމަށް ޓައިވާނަށް އުނދަގޫވާނެ ކަމަށާއި އުއްމީދަކީ އިތުރު ގައުމުތަކުން އެ ޖަމިއްޔާއަށް ތާއީދު ކުރާނެ ކަމަށް ކަމަށް އެމެރިކާއިން ދައުވަތު ދިނުމަށް ބާރު އެޅުމުން އެ ރަށުގެ ޚާރިޖީ ވަޒީރު ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

Ads by Sosun Fihaara

ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާތަކުން ޓައިވާން ބާކީކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ އެ ރަށަކީ އަމިއްލަ ސަރަހައްދެއް ކަމަށް ދެކޭ ޗައިނާގެ އިއުތިރާޒުތަކުގެ ސަބަބުންނެވެ.

ޓައިވާނުން ވޯލްޑް ހެލްތު އެސެމްބްލީ (ޑަބްލިއުއެޗްއޭ) ގައި 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ޗައިނާއާއެކު ތާރީހީ ވިޔަފާރީގެ އަދި ފަތުރުވެރިކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި އޭރުގެ ރައީސް މާ ޔިންގް-ޖެއުގެ ވެރިކަމުގަ އެވެ.

ނަމަވެސް ޗައިނާއިން ޓައިވާނުގެ ބައިވެރިވުމަށް ހުރަސް އަޅަން ފެށީ 2017 ވަނަ އަހަރު ޗައިނާ އާއި ޓައިވާނަކީ "އެއް ޗައިނާ"ގެ ބައެއް ކަމަށް ޗައިނާއިން ދެކޭ ގޮތާ ދެކޮޅު ހެދުމުން ރައީސް ސައި އިންގް-ވެން ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ޓައިވާނުގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ބުދަ ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޓައިވާނުގެ ދައުވަތު އަލުން އިއާދަކުރުމަށް އެމެރިކާއިން ޑަބްލިއުއެޗްއޯއަށް ވަރަށް ބޮޑަށް ހިތްވަރުދޭ ކަމަށެވެ.

"މިއަހަރުގެ ޑަބްލިއުއެޗްއޭގައި ބައިވެރިވުމުގައި ދަތިތަކެއް ދިމާވެދާނެ، އެހެން ނަމަވެސް ކުރިން ވެސް އޮތް ފަދައިން އިތުރު ގައުމުތަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ،" އެ މައްސަލަތަކުގެ ތަފްސީލެއް ނުދެއްވައި ވޫ ވިދާޅުވި އެވެ.

ޓައިވާނުގެ އިންތިޚާބީ ރައީސް ލައި ޗިންގް-ޓޭ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއްހާ ދުވަސް ފަހުން މިއަހަރުގެ ޑަބްލިއުއެޗްއޭ ފަށާނީ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. ލައިއަކީ ނުރައްކާތެރި ވަކިވެގަތުމެއް ކަމަށް ގަބޫލުކުރާ ލައިއާ މެދު ޗައިނާއިން ވަރަށް ބޮޑަށް ނުރުހޭ ކަމަށާއި މަޝްވަރާއަށް ތަކުރާރުކޮށް ގޮވާލުންތައް ޗައިނާއިން ވަނީ ދޮގުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ ބައެއް ޓެކްނިކަލް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދަ ދީފައިވާ ޓައިވާނުން ބުނަނީ އެ ބައްދަލުވުން ތައް ބާކީކުރުމުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ބްލިންކެންގެ ބަޔާނުގައި ބުނެފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޓައިވާނުން ކުރާ ފަންނީ މަސައްކަތްތަކުގައި އިތުރަށް މާނަހުރި ގޮތެއްގައި ބައިވެރިކުރުމަށާއި މުވާސަލާތީ ރޮނގުތައް ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯއިން އެޅި ފިޔަވަޅުތަކަށް އެމެރިކާއިން ތައުރީފުކުރާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!