ޚަބަރު

ފަސް މީހުންނާ އެކު މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަނީ

ދެން އެމްވީ

ފަސް މީހުންނާ އެކު މަސްވެރިކަން ކުރަން ނިކުތް ދޯންޏެއް ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިރޭ ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "އަލްމަސް" ނަމަކަށް ކިޔާ 35 ފޫޓުގެ މި ދޯނިން ދަތުރުކޮށްފައިވަނީ ފަސް ދިވެހިން ކަމަށެވެ.

މި ދޯންޏާއި އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 9:50 ހާއިރު ވ.އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މި ދޯނި ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 15:20 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދޯންޏަކީ ދިގުމިނުގައި 35 ފޫޓް ހުރި ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައިރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

އެމްއެންޑީއެފުން ވަނީ މި އުޅަނދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!