ޚަބަރު

ސައުދީގެ ހާރިޖީ ވަޒީރާ، ރައީސް މުއިއްޒުގެ ތަސައްވުރު ހިއްސާކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިނިސްޓަރު ޝަހީމް އޯއައިސީގެ ބައްދަލުވުމުގައި

ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ފަރުހާންއާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު ހިއްސާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޝަހީމްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައިވާ ގޮތުން ސައުދީގެ ޕްރިންސްއާ އޭނާ ބައްދަލު ކުރެއްވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ 15 ވަނަ އިސްލާމިކް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.

"އިއްޒަތްތެރި ރައީސް ޑރ. މުއިއްޒުގެ ތަސައްވުރު ހިއްސާ ކުރެވުނު، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ މެދު ހިޔާލު ބަދަލު ކުރެވުނު،" ޝަހީމް ލިޔުއްވާފައިވެ އެވެ.

ޝަހީމަކީ މުސްލިމު ގައުމުތަކާ ގާތް ގުޅުމެއް އޮންނަ، ނުފޫޒު ގަދަ ބޭފުޅެކެވެ. ބައިނަލް އަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ލީޑަރުންގެ ތެރޭގައި ހިމެނެއެވެ.

ޝަހީމް ވަނީ އޯއައިސީގެ މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ. ދުނިޔޭގެ 57 ގައުމުގެ ހިމެނޭ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަން، އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗުރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސްގެ މަގާމު ވެސް ފުރުއްވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވީ ޝަހީމެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން އޭނާ ކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!