ދުނިޔެ

ބައިޑެންގެ "ޒެނޯފޯބިއާ" ގެ ވާހަކަ އިންޑިއާގެ ޚާރިޖީ ވަޒީރު ދޮގުކުރައްވައިފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު، ދެކުނު އޭޝިއާގެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަތައް ދޮގުކުރައްވައިފިއެވެ.

Ads by Sosun Fihaara

ޖައިޝަންކަރު ހުކުރު ދުވަހު އެ ނޫހުން ބޭއްވި ރައުންޑް ޓޭބަލްގައި ވިދާޅުވީ އިންޑިއާގެ އިގްތިސާދު "ފަޅައިގެން ނުދާ" ކަމަށާއި ތާރީހީ ގޮތުން އެއީ ވަރަށް ހުޅުވާލެވިފައިވާ މުޖުތަމައެއް ކަމަށެވެ.

"އެހެންވީމަ ސީއޭއޭ (ސިޓިޒެންޝިޕް އެމެންޑްމަންޓް އެކްޓް) އެބައޮތް، އެއީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ދޮރުހުޅުވާލަން... އަޅުގަނޑު ދެކޭ ގޮތުގައި އިންޑިއާއަށް އަންނަން ޖެހޭ، އިންޑިއާއަށް އައުމުގެ ދައުވަތު އޮންނަ މީހުންނަށް އަޅުގަނޑުމެން ހުޅުވާލަން ޖެހޭ،" އަވަށްޓެރި ގައުމުތަކުން އަނިޔާއިން ފިލައިގެން އުޅޭ ހިޖުރަވެރިންނަށް ރައްޔިތަކަށް ވުމުގެ ފުރުސަތު ދާދި ފަހުން ހެދި ގާނޫނަށް އިޝާރާތް ކުރައްވައި ޖައިޝަންކަރު ވިދާޅުވި އެވެ.

މި ހަފުތާގެ ކުރީކޮޅު ބައިޑަން ވަނީ ޗައިނާ، ޖަޕާން އަދި އިންޑިއާގައި "ޒެނޯފޯބިއާ" ގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދުގެ ކުރިއެރުން ހުއްޓިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަރަމުން އަންނަ އެއް ސަބަބަކީ ތިޔަބޭފުޅުންނާއި އެނޫންވެސް އެތައް ބައެއްގެ ސަބަބުން. ކީއްވެ ހެއްޔެވެ؟ އެއީ ހިޖުރަވެރިންނަށް މަރުހަބާ ކިޔާތީ،" 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އޭޝިއަން އެމެރިކަން، ނޭޓިވް ހަވާއީ އަދި ޕެސިފިކް އައިލެންޑާ ހެރިޓޭޖް މަންތް ފެށުމުގެ މުނާސަބަތުގައި ބޭއްވި ފަންޑްރައިޒިން އިވެންޓެއްގައި ބައިޑަން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!