ދުނިޔެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ޗައިނާ "ކޮންޓްރޯލް" ކުރުން: ރަޝިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ، ޗައިނާގެ ވިޔަފާރިވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ އިންޒާރު އެމެރިކާއިން ބޭނުންކުރަމުން ދަނީ، ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.

Ads by Sosun Fihaara

ޒަޚަރޯވާ މިހެން ވިދާޅުވީ ހުޅަނގުން މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުރަސް އެޅުމަށް މޮސްކޯއަށް އެހީތެރިވެދޭ ކަމަށް ބެލެވޭ ޗައިނާގެ ކުންފުނިތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 300 އަމާޒަކަށް އެމެރިކާއިން ބުދަ ދުވަހު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޗައިނާގެ އިގްތިސާދުގެ ސަބަބުން އެމެރިކާ ވަރަށް ބޮޑަށް ނުތަނަވަސްވެ، އެހެންކަމުން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގާނޫނީ ގޮތުން އެކަމަށް ހަގީގީ ފުރުސަތެއް ނެތުމުން އެ ގައުމުގެ އިގްތިސާދީ ލީޑާޝިޕް ހިފަހައްޓަން ކުރާ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ،" ޒަކަރޯވާ ހަފުތާއަކު ބާއްވަމުން އަންނަ ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.

ރަޝިޔާއަކީ ހަމައެކަނި ބަހަނާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާ ޓްރެޜަރީ ދަތިކުރުމުގެ ފިޔަވަޅުތައް ހާއްސަކޮށް އަމާޒުކޮށްފައި ވަނީ ޗައިނާ، އަޒަރުބައިޖާން، ބެލްޖިއަމް، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކުގެ ކުންފުނިތަކަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ރަޝިއާގެ ދިފާއީ ސިނާއީ މަރުކަޒަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ހަތަރު ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒަޚަރޯވާ ވިދާޅުވީ މިއީ މާކެޓު އަލުން ބެހުމަށް، އެމެރިކާއިން ތަރައްގީގެ އަމިއްލަ ދުވެލި ދެމެހެއްޓުމަށް ޓަކައި ވަރަށް ބާރު ސްޕީޑުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައެއްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އެމީހުންގެ ވަސީލަތްތައް ނެތުމުގެ ސަބަބުން މިފަދަ ހަރުކަށި އަމަލުތަކަށް އެމީހުން ވައްޓާލަނީ"، ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި އެކަމަނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!