ދަރުމަވަންތަ ސްކޫލް ޓާފް އެޅުމާއި ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބް އަޅަން ބަޔަކާ ހަވާލުކޮށްފި
ދަރުމަވަންތަ ސްކޫލްގެ ޓާފް އެޅުމާއި ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
ދަރުމަވަންތަ ސްކޫލުގެ ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރީ ޒެކޮބްއާ އެވެ. އެއީ 22 ދުވަސް ތެރޭގައި ނިންމާ ގޮތަށް، 1,106,644.66ރ. އަށެވެ.
ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓާ އެވެ. އެއީ 100 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަގަކީ 2,401,295.33ރ އެވެ.
Ads by HDC