ޚަބަރު

އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަ ވާތީ، އެ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައި އިއުލާންކޮށްފި އެވެ.

Ads by MWSC

ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ މި މަހު 15 ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އަދި އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހު 24 ވަނަ ދުވަހެވެ.

ހިންގާ ކޮމިޓީގައި ތިބޭނީ އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް، ހަޒާންދާރު، ހިންގާ ކޮމިޓީގެ ތިން މެންބަރުން، އަދި ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ އަންހެން މެންބަރެވެ.

މިދިޔަ ތިން ދައުރު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މަގާމުގައި ހުންނެވީ، މިހާރު ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ތޮލާލެވެ.

ތޮލާލް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 21، 2023 ގައެވެ. އެއަށްފަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން އެސޯސިއޭޝަން ހިންގެވުމާ ހަވާލުވީ ނައިބު ރައީސް އަހުމަދު އަޒީލެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!