ޚަބަރު ޝަރުޢީ ދާއިރާ

ފުލުހަކު، ނާސިން ދަރިވަރަކަށް ބްލެކް މެއިލްކުރާ ކަމަށް ބުނާ މައްސަލައެއް

ފައިނާ ފާއިޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ

ފުލުހުންގެ އިސް އޮފިސަރަކު، ވިލާ ކޮލެޖުގައި ނާސިން ކިޔަވަމުން އަންނަ ދަރިވަރަކު ބްލެކްމެއިލުކޮށް ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ބުނާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

އެކްސް ގައި ޑރ މުހައްމަދު އާތިފް ވަނީ ފުލުހުންގެ އިންސްޕެކްޓަރު އިސްމާއީލް ރަމީޒު އިބްރާހީމް، ވިލާ ކޮލެޖުގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާއި ގުޅިގެން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ 'ބަހާއިން' އެ މައުލޫމާތު ޔަގީންކޮށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހަކާއި މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށް އެކަން ހައްލު ކުރަން މަސައްކަތް ކުރުމަށްވެސް ޝިފާން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!